ހޮލީވުޑް

"ގާޑިއަން އޮފް ދި ގެލެކްސީ 3" 2020 ގައި

ކްރިސް ޕްރެޓް (ސްޓާ ލޯޑް) ލީޑުން ފެނިގެންދާ މާވެލް ސިނެމެޓިކް ޔުނިވާސްގެ ފިލްމު "ގާޑިއަން އޮފް ދި ގެލެކްސީ" ގެ ތިން ވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ކްރިސް އިއުލާނުކޮށްފި އެވެ. ކްރިސް މިކަން ހާމަކުރީ އޭނާގެ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގަ އެވެ. ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ 2020 ގަ އެވެ.

މާވެލް އިން މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އެ ސްޓޫޑިއޯއިން މިހާތަނަށް ގެނެސްދިން އެންމެ ބޮޑު ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގައިވެސް "ގާޑިއަން އޮފް ދި ގެލެކްސީ" ގެ ކެރެކްޓާސްތައް ފެނިގެންދެ އެވެ.

އިންފިނިޓީ ވޯއާއެކު ސްޓާ ލޯޑް ދެކެ ފޭނުންވަނީ ރުޅިވެސް އައިސްފަ އެވެ. އެއީ ހުރިހާ ސުޕަހީރޯތަކެއްގެ ދުޝްމަނު ތޭނޯސްއާއި ދެކޮޅަށްކުރި ހަނގުރާމާގައި އެމީހުން ބަލިވާންޖެހުނީ ސްޓާ ލޯޑާއި ހެދިކަމަށް އެންމެނަށް ގަބޫލުކުރެވޭތީ އެވެ.

ކްރިސް އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓް.

ކްރިސް ކުރި އިންސްޓަގުރާމް ޕޯސްޓުގައި އޭނާއާއެކު އެ ފިލްމުގައި ކޯ-ސްޓާރެއްގެ ގޮތުގައި މަސައްކަތްކުރާ ޕޮމް ކްލިމެންޓީފްއަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ. އޭނާއާއި އެކު ތިން ވަނަ ފިލްމުގެ މަސައްކަތްކުރަން ކެއްމަދުވެފައި ހުރި ކަމަށްވެސް ކްރިސް ބުންޏެވެ.

ތިން ވަނަ ފިލްމުގައި "ގާޑިއަން އޮފް ދި ގެެލެކްސީ"ގެ ގިނަ ކެރެކްޓާސްތަކެއް ފެންނާނެތޯ މިހާރު ފޭނުން އަންނަނީ ސުވާލުކުރަމުންނެވެ. އެއީ އިންފިނިޓީ ވޯގައި ބައެއް ކެރެކްޓާސްތައް މަރުވެފައިވާތީކަމަށް ބެލެވެ އެވެ.