ފްލެޓް ފޯމު ދޫކުރަން ފެށުން

ފްލެޓަށް ފޯމް ދޫކުރަން ފެށުމާއެކު އެތައް ސަތޭކަ ބަޔަކު ދަރުބާރުގޭގެ ކައިރީގައި ކިޔޫ ހަދައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމް ވަނީ މިއަދު ފުރާލާފަ އެވެ. ފޯމް ދޫކުރަން ފެށީ ކެޓަގަރީތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމާއެކު ފޯމް ލިބޭ ގޮތަށާއި ފޯމް ފުރުމުގެ އެހީތެރިކަން ވެސް ލިބޭ ގޮތަށް ސްޓޯލްތައް ހަދައިގެން، ފަސޭހަ ކަމާއެކު އެކަން ކުރޭވެނެ މުއްދަތުވެސް ހިމަނައި އަދި އޮންލައިންކޮށްވެސް ފޯމް ލިބޭ ގޮތަށެވެ. ނަމަވެސް ފޯމް ދޫކުރަން ހުޅުވާލުމާއެކު އެތައް ސަތޭކަ ބަޔަކު ވަދެ ރަންނަބަނޑޭރިމާލަމް ފުރާލި އިރު ދަރުބާރުގެ އެކި ދޮރާށިތަކާ ދިމާލުގައި ދިގު ކިޔޫތައް ވަނީ ހަދާފަ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ މަގުތައް ވެސް ބަންދުވި އެވެ. :- އަހުމަދު ޝުރާއު | އަވަސް