ވިޔަފާރި

އުރީދޫގެ ސުޕަނެޓް އޭދަފުއްޓަށް

May 9, 2018

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. އޭދަފުށީގައި ތައާރަފްކޮށްފި އެވެ.

އޭދަފުއްޓަށް ސުޕަނެޓްގެ ހިދުމަތް އިއްޔެ ދިނުމުގެ އުފަލުގައި އުރީދޫ އިން ވަނީ ހާއްސަ އޮފާ އެއް މެދުވެރިކޮށް، 7 ޖުލައި 2018 ގެ ކުރިން އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ނަގާ މީހުންނަށް، އެއް އަހަރުގެ މަހުފީ އިން 30 ޕަސެންޓް ގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ. އޭދަފުށީގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށް ވަނީ ނިންމާފަ އެވެ.

އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވީ އުރީދޫގެ ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތާއި އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވައިދޭނެ ވަސީލަތެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެ އެވެ. އަދި މި ހިދުމަތާއި އެކު، އޭދަފުށީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފަ އެވެ. އޭދަފުއްޓަށް ސުޕަނެޓްގެ ހިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރ އަކީ އޭދަފުށި ކޭބަލް ނެޓްވާކްސް އެވެ.