ހަބަރު

ފޯކްލިފްޓެއްގެ ދަށުވެ މަޖޫރީއެއްގެ ފައި ޗިސްވެއްޖެ

ކޮންޓެއިނަރު އުފުލާ ފޯކްލިްފޓެއްގެ ދަށުވެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަޖޫރީއެއްގެ ފައި ޗިސްޗިސް ވެއްޖެ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ބަނދަރުގައި މަސައްކަތްކުރާ ބަނގްލަދޭޝް އަށް ނިސްބަތްވާ މީހަކަށެވެ.

ފުލުހުން ބުނީ މިއަދު 11:55 ހާއިރު މަޖޫރީއެއްގެ ފައި މައްޗަށް ފޯކްލިފްޓޭއް އަރައި ޒަހަމްވި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އަނިޔާ ލިބުނު މީހާ މިހާރު ވަނީ ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފޯކްލިފްޓުން އަރައި އޭނާގެ ކަނާއަތު ފައިގެ ކުޑަ ހުޅާއި ހަމައަށް ވަނީ ޗިސްވެފަ އެވެ.