ދުނިޔެ

އުތުކޮރެއާއިން އެމެރިކާ ތިންމީހުން މިނިވަންކޮށްފި

އުތުރުކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާގެ ތިން މީހުން މިއަދު މިނިވަންްކޮށްފިއެވެ.

އެމެރިކާގެ ތިން މީހުން އުތުރުކޮރެއާއިން މިނިވަންކުރިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑްޖޭ ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އުތުރުކޮރެއާގައި ބުރަ މަސައްކަތާއި އެކު ޖަލަށް ލާފައި ތިބީ ކިމްހަކްސޮން ނަމަކަށް ކިޔާ މީހަކާއި ޓޯނީ ކިމް ނަމަކަށް ކިޔާ މީހަކައި ކިމްޑޮން-ޗުލް ނަމަކަށް ކިޔާ މީހެކެވެ. އެ ތިންމީހުން އުތުރުކޮރެެއާ ޖަލަށްލީ އެގައުމުގައި ދައުލަތާ ދެކޮޅު ހަރަކާތް ހިންގުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިގެންނެވެ.

ތިންމީހުން މިނިވަން ކުރިކަން ހާމަކުރެއްވުމަށް ޓްރަމްޕް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމީހުން ތިބީ ރަނގަޅު ސިއްހަތުގައި ކަމަށެވެ. އެމީހުން އެމެރިކާއަށް ދަތުރުކުރަނީ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ އަރިހުގައި ކަމަށް ވެސް ވިދާޅުވިއެވެ. ޕޮމްޕެއޯ އުތުރުކޮރެއާއަށް ވަޑައިގެންނެވީ އެގައުމުގެ ލީޑަރު ކިމްޖޮންއުންއާއި ރައީސް ޓްރަމްޕް ބާއްވަވަން އުޅުއްވާ ބައްދަލުވުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ މަޝްވަރާއަށެވެ. ތިން މީހުން މިނިވަން ކުރުމަށް ބާރު އެޅުންވެސް އެދަތުރުފުޅުގެ އެޖެންޑާގައި އޮތެވެ.

ތުރުފުޅުގެ ކުރިން ޕޮމްޕެއޯ ވިދާޅުވީ އުތުރު ކޮރެއާއިން ރަނގަޅަށް ކަންތައްތައް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.