ދުނިޔެ

އުތުރުކޮރެެއާގެ ނިއުކްލިއަ ސައިޓް ނައްތައިލުމާ ބެހޭ ތަފުސީލު ހާމަކޮށްފި

ނިއުލްކިއަ ޓެސްޓްތައް ކުރަން އުތުރު ކޮރެއާއިން ބޭނުންކުރަމުން އައި ސައިޓެއް ނައްތައިލަން އެގައުމުން ވީ ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލުތައް އެގައުމުން ހާމަކޮށްފިއެވެ.

އުތުރުކޮރެއާ ސަރުކާރުގެ ނޫސް އެޖެންސީ ކޭސީއެންއޭއިން އިއްޔެ ބުނީ ޕަންގްޔީ ރީ ނަމަކަށް ކިޔާ ނިއުކްލިއަ ސައިޓް ނައްތައިލުމުގެ މަސައްކަތް ކުރާނީ މިހިނގާ މޭމަހުގެ 23 އާއި 25 އާ ދެމެދުގެ ތާރީހެއްގައި ކަމަށެވެ. އަދި ބުނީ އެ ސައިޓު ނައްތައިލުމުގެ ގޮތުން ކުރާނެ ކަމަކީ އެތަނުގައިވާ ހުރިހާ ބިންގަރާހަކަށް ގޮވާތަކެތި ލައި ގޮއްވައިލުމާއި ބިންގަރާސްތަކަށް ވަންނަން ހުރި ތަންްތަން ބަންދުކުރުމެވެ. އަދި އޭގެ އިތުރުން އެތަނުގެ މަސަައްކަތް ބެލުމަށް ބިނާކޮށްފައިވާ އެންމެހާ އިމާރާތްތައް ވެސް ނައްތައިލާނެއެވެ.

ކޭސީއެންއޭ ބުނީ ނިއުކްލިއަ ސައިޓް ނައްތައިލުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ނިއުކްލިއަ ވެޕަންސް އިންސްޓްޓިއުޓައި ކަމާ ބެހޭ އެހެން އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ސައިޓް ނައްތައިލުމުގެ މަސައްކަތް ހިނގާ ގޮތް ބަލަން އުތުރުކޮރެއާގެ އިތުރުން ބައިނަލް އަގުވާމީ ނޫސްވެރިންނަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރާނީ އެމެރިކާއާއި އެހެން ބައެއް ގައުމުތަކުގެ މާހިރުންގެ ހާޒިރުގައި ކަމަށް ކުރިން ބުނެފަިއވާ ބުނުންް މިފަހަރު ތަކުރާރެއް ނުކުރެއެވެ.

ސައިޓު ނައްތައިލަން އުތުރުން ކަނޑައަޅާފައި މިވަނީ އެގައުމުގެ ލީޑަރު ކިމްޖޮން-އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބައްދަލުކުރައްވާ ތާރީހާ ވަރަށް ކައިރި ތާރީހެއްގައެވެ. ކިމްއާއި ޓްރަމްޕް ބާއްވަވާ ބައްދަލުވުން ވެގެން ދާނީ އުތުރުކޮރެއާއާއި އެމެރިކާގެ ލީޑަރުން ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ކިމްއަށް ބާރު އަޅުއްވާނީ ނިއުކްލިއަ ހަތިޔާރުން ސަލާމަތްވެފައިވާ ތަނަކަށް ކޮރެއަން ޕެނިންސިއުލާ ހެދުމަށެވެ.

ޓްރަމްޕާއި ކިމް ބައްދަލުކުރައްވަން ހަމަޖެހި އޮތީ އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހުއވެ.

ކިމްއާއި ޓްރަމްޕް ބާއްވަވާ ބައްދަލުވުން ވެގެން ދާނީ އުތުރުކޮރެއާއާއި އެމެރިކާގެ ލީޑަރުން ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ކިމްއަށް ބާރު އަޅުއްވާނީ ނިއުކްލިއަ ހަތިޔާރުން ސަލާމަތްވެފައިވާ ތަނަކަށް ކޮރެއަން ޕެނިންސިއުލާ ހެދުމަށެވެ. މީގެ ކުރިން ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއާ އެކު ބޭއްވެވި ބައްދަލުުވުމުގައި ކިމް ވިދާަޅުވީ ނިއުކްލިއަ ހަތިޔާރު ނައްތަވައިލައްވާނެ ކަމަށެވެ.