ދުނިޔެ

ޔޫރަޕިއަން ޕާލަމެންޓުން ޒަކަބާގާ ސުވާލުކުރަނީ

ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރުވެރިކަން ނުހިފެހެއްޓޭ މައްސަލައިގައި ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގާ ސުވާލު ކުރަން ޔޫރަޕިއަން ޕާލަމެންޓުން ނިންމައިފިއެވެ.

ބީބީސީ ބުނީ ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސްގައި ޒަކަބާގް ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރުންނާ ބައްދަލުކުރަައްވާނެކަން ފޭސްބުކް އިން ކަށަވަަރުކޮށްދީފައިވާ ކަމަށެވެ. އެ ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވިޔަސް ޔޫރަޕިއަން ޕާލަމެންޓުގެ ރައީސް ވިދާޅުވީ އަންނަ ހަފުތާގައި ބައްދަލުުުވުން ބޭއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޒަކަބާގްއާއި ސުވާލުކުރުމަށް ޔޫރަޕިއަން ޕާލަމެންޓުން ބާއްވާނީ ސިއްރު ބައްދަލުވުމެކެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު ބާއްވާ ފޮލޯ އަޕް ބައްދަލުވުން ބާއްވާނީ ހުޅުވާލައިގެންނެވެ. އެކަމަކު އެ ބައްދަލުވުމުގައި ފޭސްބުކްގެ ފަރާތުން ބައިވެރިވާނީ ޒަކަބާގެއް ނޫނެވެ.

އިނގިރޭސިވިލާތުގެ ކޭމްބްރިޖް އެނަލިޓީކާއާއަށްް ފޭސްބުކް ބޭނުންކުރާ އެތައް މިލިޔަން މީހުންނެއްގެ މައުލޫމާތު ދިން ކަމާއި ދިން މައުލޫމާތު ޑިލީޓްކުރިކަން ކަށަވަރުކޮށްފައި ނުވާކަން ފަަޅާ އެރުމުން ފޭސްބުކްއަށާއި ޒަކަބާގްއަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަައެވެ. އެމެރިކާ ޕާލަމެންޓުން ވެސް ކުރިން ވަނީ އޭނާއާ ސުވާލުކޮށްފައެވެ.