ވިޔަފާރި

ޖުމެއިރާ ވިތަވެލި ރިސޯޓަށް "ގްރީން ގްލޯބް" އެވޯޑު

May 23, 2015

ޖުމެއިރާ ގްރޫޕުން ރާއްޖޭގައި ހިންގާ ވިތަވެލި ރިސޯޓަށް "ގްރީން ގްލޯބް" އެވޯޑު ލިބިއްޖެ އެވެ.

ތިމާވެށި ހިމާރަތް ކުރުމަށް ހާއްސަ ފިޔަވަޅު ތަކެއް އަޅާ އެ އާދަ ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ މި އެވޯޑު ޖުމެއިރާ ވިތަވެލި ރިސޯޓަށް ލިބުމާއި ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގްރަހަމް ކީ ވިދާޅުވީ މި މުހިންމު އެވޯޑު ލިބުމަކީ ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިންމު ކަމެއްކަން ގްރަހަމް ފާހަގަ ކުރެއްވި އެވެ.

"ގްރީން ގްލޯބް" އެވޯޑު ލިބުނު ޖުމެއިރާ ވިތަވެލި ރިސޯޓުން ދަނީ ތިމާފެށި ހިމާޔަތް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ހާއްސަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެ ރިސޯޓުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި އެ ރިސޯޓުގައި ހަރަކަތް ބޭނުންކުރާ ގޮތް ބަރާބަރަށް މޮނީޓަރުކޮށް ބަލަމުން ދިއުން ހިމެނެ އެވެ. މީގެ އިތުރުން ރޫމްތަކާއި ރިސޯޓުގެ ރަށުތެރެ ދިއްލުމަށް ބޭނުންކުރާ ލައިޓަކީ ކަރަންޓުގެ ހަރަދު ކުޑަ ލެޑް ލައިޓަށް ބަދަލު ކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް ހިމެނެ އެވެ.