ދުނިޔެ

ފަލަސްތީނުގެ ރައީސް އައްބާސް އެޑްމިޓްކޮށްފި

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ރާމަﷲގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފި އެވެ.

އަލްޖަޒީރާ ބުނީ އައްބާސް އެޑްމިޓް ކުރިކަން ފަލަސްތީނުގެ އޮފިޝަލަކު ކަށަވަރު ކޮށްދެއްވި ނަމަވެސް އެކަމާބެހޭ ތަފުސީލެއް އޭނާ ނުދެއްވާ ކަމަށެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އައްބާސް އެޑްމިޓްކުރި މިއީ ތިން ވަނަ ފަހަރެވެ. އޭނާއަކީ މިހާރު އުމުރުފުޅުން 82 އަހަރުވެފައިވާ ބޭފުޅެކެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އައްބާސްގެ ކަންފަތްޕުޅުގެ ކުޑަ އޮޕަރޭޝަނެއް ކުރިއެވެ. އެ އޮޕަރޭޝަނަށް ފަހު އޭނާ ހޮސްޕިޓަލުން ދޫވެސް ކޮށްލިއެވެ. ނަމަވެސް ޖެހިގެން އައި ހުކުރު ދުވަހު އޭނާ ވަނީ އަލުން އެޑްމިޓް ކޮށްފައެވެ. ސިއްހީހާލުކޮޅު ހުރި ގޮތުން އައްބާސްއަަށް ވަނީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމަށް ވެސް ވަޑައި ނުގެންނެވިފަ އެވެ.

އައްބާސްއަކީ ވަރުގަދައަށް ދުންފަތުގެ އިސްތިއުމާލު ކުރައްވާ، އަދި ހިތުގެ މައްސަލަތައް ކުރިން ކުރިމަަތިވެވަޑައިގެންްފައިވާ ބޭފުޅެކެވެ.