ހަބަރު

ބޮޑީ ޕެއިންޓިން ހަރަކާތް ހިންގި މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި

May 23, 2015
3

ނޭޝަނަލް އާޓްގެލެރީގައި ހިންގި ބޮޑީ ޕެއިންޓިން ހަރަކާތުގައި، ބަރަހަނާ މަންޒަރުތަކެއް ނެގި ކަމަށް ބުނެ، އެކަން ތަހުގީގު ކޮށް އެ ހަރަކާތް ހިންގި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީ އިން ގޮވާލައިފި އެވެ.

އެ ޕާޓީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހި ބަޔަކު ދައުވަތު ދީގެން ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގައި ބަރަހަނާ ހާލަތުގައި ތިބެގެން ހަރަކާތްތަކެއް ހިންގަން ހުއްދަ ދިނުމަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިންގެ ބަޔަކު ދައުވަތު ދީގެން އަދި އެ މީހުން ވެސް ހިމެނޭ ގޮތަށް މިފަދަ ހަރާކާތެއް ހިންގުމަކީ، ދިވެހިންގެ ވަހުދަތާއި އިސްލާމީ ފޭރާން އަދި އަހުލާގު ބަލިކަށިކޮށްލުމަށް

އެ ޕާޓީ އިން އިތުރަށް ބުނެފައި ވަނީ ދައުލަތުގެ ފައިސާ އިން ހިންގާ ސަރުކާރު މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް މިފަދަ ހަޑިމުޑުދާރު އަމަލެއް ހިންގުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ނުކުރެވުން ކަމަށް ދެކޭ ކަމަށެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒުވާނެ ކަމެއް ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. އެ ޕާޓީ އިން އަދި ގޮވާލާފައި ވަނީ މިފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް ސަރުކާރުން އަމަލުކޮށް ފިޔަވަޅުތަކެއް އެޅުމަށެވެ.

"... އިސްލާމްދީން ހިމާޔަތް ކުރުމުގެ މަތިވެރި ޒިންމާ އުފުލުމަށް ހަވާލުވެގެން ތިބި ދައުލަތުގެ ވެރިންނަށް މިފަދަ ކަންކަން ހުއްޓުވުމަށާއި އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ވެސް ގޮވާލަމެވެ. އަދި އިސްލާމް ދީނުގެ ޝިއާރުތަކަށް ގޮންޖަހާ ހިންގޭ މިފަދަ ބޮޑެތި މުންކަރާތްތައް މަނާކުރުމަށް އިލްމްގެ އަހުލުވެރިންނަށާއި އެންމެހާ ރައްޔިތުންނަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.