ވިޔަފާރި

މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް ދަށްވުމެއް

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 0.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 119,713 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 119,774 މީހުންނާ އަޅާ ބަލާއިރު 0.1 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ މަހު ޗައިނާއިން 15,093 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 20,975 މީހުންނާ އަޅާ ބަލާއިރު 28 ޕަސެންޓް ދަށްވުމެކެވެ. އަދި އިނގިރޭސިވިލާތުން 10,866 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 9,417 މީހުންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން ރަޝިއާއިން މިދިޔަ މަހު 6,433 މީހުން އައިސްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެޕްރީލް މަހު އައި 5,400 މީހުންނާ އަޅާބަލާއިރު 19.1 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހު ޗައިނާ އިން 15,093 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 20,975 އައި މީހުންނާ އަޅާ ބަލާއިރު 28 ޕަސެންޓް ދަށްވުމެކެވެ. އަދި އިނގިރޭސިވިލާތުން 10,866 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 9,417 މީހުންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން ރަޝިއާ އިން މިދިޔަ މަހު 6,433 މީހުން އައިސްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެޕްރީލް މަހު އައި 5,400 މީހުންނާ އަޅާބަލާއިރު 19.1 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިސްޓުން އައި ގައުމުތައް ކުރުކޮށް

  • ޗައިނާ 28 ޕަސެންޓް ދަށް
  • އިނގިރޭސިވިލާތް 15.4 ޕަސެންޓް އިތުރުވި
  • ރަޝިއާ 19.1 ޕަސެންޓް އިތުރުވި
  • އިޓަލީއިން 2.5 ޕަސެންޓް ދަށް
  • ޖަރުމަނުން 18.8 ޕަސެންޓް ދަށް

ރާއްޖޭގެ ޓޫރިޒަމް ފެށުން އައި ގައުމު ކަމަށްވާ އިޓަލީން މިދިޔަ އޭޕްރީލް މަހު 8,389 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު އައި 8,601 މީހުންނާ އަޅާބަލާއިރު 2.5 ޕަސެންޓް ދަށްވުމެކެވެ. އަދި ޖަރުމަނުން މިދިޔަ މަހު 9,070
މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 11,172 މީހުންނާ އަޅާބަލާއިރު 18.8 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ މަހު ޓޫރިސްޓުން އައި އަދަދު ދަށަށް ދިޔައިރު، މިއީ އަބަދުވެސް ރާއްޖޭގެ ޓޫރިޒަމް އެންމެ ދަށްވާ އެއް ދުވަސް ވަރެވެ. ޓޫރިޒަމްގެ އޮފްސީޒަންގެ ގޮތުގައި ބަލާ މި ދުވަސްވަރު ކޮންމެ އަހަރަކުވެސް ޓޫރިޒަމް ދަށަށްދެ އެވެ.