ދުނިޔެ

އިންޑިއާގައި މުޒާހަރާއެއް ހޫނުވެ ނުވަ މީހުން މަރުވެއްޖެ

ދެކުނު އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުގައި ތިމާވެށްޓަށް ގެއްލުންވާ ކަމަށް ބުނެ މުޒާހަރާ ކުރި ބަޔަކާ ދެކޮޅަށް އިންޑިއާ ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ނުވަ މީހުން މަރުވެއްޖެއެއެވެ.

އިންޑިއާގެ ނޫސްތަަކުން ބުނީ ޓެމިލް ނާޑޫގެ ބަނދަރުމަތީ ރަށް ޓުޓިކޮރިން ( ތޫތުކުޑި)ގައި ހުންނަ ލޮއި ނަގާ ފެކްޓްރީއަކުން ކުރާ މަސައްކަތްކަތުގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވާ ކަމަށް ބުނެ މުޒާހަރާ ކުރި މީހުންގެ ތެރެއަށް ފުލުހުން ބަޑި ޖެހީ ސަރުކާރުގެ ހެޑްކުއާޓަރަށް ވަންނަން އެމީހުން މަސަައްކަތް ކުރުމުން ކަމަށެވެ.

ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޕަލަނިސްވާމީ ވިދާޅުވީ މިއަދު ކުރި މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ނުވަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވި ހާދިސާ ތަހުގީގުކުރައްވާނެ ކަމަށެވެ.

ޓުޓިކޮރިންގައިވާ ސްޓާލައިޓް ކޮޕާ ނަމަކަށް ކިޔާ ކުންފުނީގެ ފެކްޓްރީ ބަންދުކުރުމަށް ގޮވާލާ ތިމާވެށި ހިމާޔަތްކުރަން މަސައްލަތްކުރާ މީހުންނާއި އިޖުތިމާއި އެކްޓިވިސްޓުން މުޒާހަރާ ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމުޒާހަރާތައް ވަރުގަދަ ކުރީ އިތުރު ފެކްޓްރީއެއް އަޅަން އުޅޭ ކަމަށް ސްޓާލައިޓް ކޮޕާއިން އިއުލާނު ކުރުމުންނެވެ. ސްޓާލައިޓް ކޮޕާ އަކީ ބޮޑު ކުންފުންޏެއް ކަމަށްވާ ވެޑަންޓާ ލިމިޓެޑްގެ ސަބްސިޑަޔަރި ކުންފުންޏެކެވެ.

ޓުޓިކޮރިންގައި ކުރަމުންދާ މުޒާހަރާ ވަރުގަަދަ ވުމުން އެމުޒާހަރާ ކޮންޓްރޯލް ކުރުމަށް އަވަށްޓެރި މަދޫރާއީގެ ފުލުހުންގެ ތެރެއިން ބަޔަކުވެސް ވަނީ އެރަށަށް ގެނެސްފައެވެ.