ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމުގެ އިމްތިހާނު ހުޅުވާލައިފި

May 24, 2018

ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމުގެ އިމްތިހާނުގެ ހަތް ވަނަ ބުރު ހުޅުވާލައިފި އެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ އިމްތިހާނުގެ 7 ވަނަ ބުރުގައި އިމްތިހާނު ހަދަން ބޭނުންވާ މީހުނަށް އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު އެބައޮތް ކަމަށެވެ.

މި އިމްތިހާނުގެ އެޕްލިކޭޝަން ފޯމާއި ފީ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުގެ ސެންޓަރުތަކުގަ އެވެ. އެ ކަންކަން ރޯދަ މަހު ކުރިޔަށްދާނީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:45 އަށެވެ.

ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށްދޭ މި އިމްތިހާނު އޮންނާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި އިމްތިހާނު 2018 ވަނަ އަހަރުގެ އޯލެވެލް ބާއްވާ ކޮންމެ ރަށެއްގައި ބާއްވާނެ އެވެ.