ޕްރޮމޯޝަން

ޗެމްޕިއަންސް ލީގް ފައިނަލް މެޗް ދިރާގު ޓިވީ އެޕުން ބަލައިލެވޭނެ

May 24, 2018

ފަސޭހަކަމާއެކު ބޭނުން ތާކު، ބޭނުން ވަގުތަކު މޯބައިލް ފޯނު ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން މިފަހަރު ޗެމްޕިއަންސް ލީގް ފައިނަލް މެޗް ދިރަގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. ދިރާގު ޓީވީ ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީއަކާއި ނުލައި ދިރާގު ޓީވީން ފެންނަ އެންމެ މަގުބޫލު ޗެނަލްތައް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ފުޓުބޯޅަ އަށް ލޯބިކުރާ ބަޔަކަށް ވީހިނދު ޗެމްޕިއަންސް ލީގަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ފުޓުބޯޅަ ލީގެވެ. އެހެން ކަމުން ދިރާގު ޓީވީ އެޕުން މިފަހަރުގެ ޗެމްޕިއަންސް ލީގް ފައިންލް މެޗް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. ގޭގެ ޓިވީގައި އެހެން އެއްޗެއް ބަލަމުން ދިޔަކަމުގައިވިޔަސް އަދި ގެއިން ބޭރުގައި ހުންނަން ޖެހުނުކަމުގައިވިޔަސް ދިރާގު ޓީވީ އެޕް މެދުވެރިކޮށް މެޗްގެ އެއްވެސް ބައެއް ނުގެއްލި ބަލާލެވޭނެއެވެ.

ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ.
މިގޮތުން ވަކިވަކި ޑިވައިސްތަކުން އެއްފަހަރާ ތަފާތު ޗެނަލްތައް ބަލާލެވޭނެ އެވެ.

މީގެ އިތުރުން، ދިރާގު ޓީވީ އެޕް މެދުވެރިކޮށް ދިވެހި ހުރިހާ ޗެނަލެއް ދުނިޔޭގެ ކޮންމެ ތާކު ހުރިކަމުގައިވިޔަސް ފަސޭހަކަމާއިއެކު ބަލާލެވޭނެ އެވެ. މިގޮތުން ރާއްޖެއިންބޭރުގައި އުޅުއްވާ ފަރާތްތަކާއި، ދިރާގު ޓީވީ ޚިދުމަތް ބައްލަވާގެންފައިނުވާ ފަރާތްތަކަށް ދިރާގު ޓީވީ އެޕްގައި ޔޫސަނޭމް އާއި ޕާސްވޯޑަށް "play" ޖެހުމުން ދިވެހި ހުރިހާ ޗެނަލްތަކެއް ބަލާލެވޭނެއެވެ.

ދިރާގު ޓީވީ އަކީ އައިޕީޓީވީ ހިދުމަތެއްކަމުން ރާއްޖޭގެ ކޮންމެ ތާކު ހުރެގެންވެސް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއްގައި ދިރާގުޓީވީ އެޕް ބޭނުންކުރުމުން އިތުރު އެއްވެސް އިންޓަނެޓް ހަރަދެއް ނުހިނގާނެ އެވެ. އަދި މީގެ އިތުރުން ގޭގެ އިންޓަނެޓް ޕެކެޖަށް ކަނޑައެޅިފައިވާ ޔޫސޭޖް އެލަވަންސް އަށްވެސް އަސަރެއްނުކުރާނެ އެވެ. އެހެންކަމުން ވައިފައި މެދުވެރިކޮށް މޯބައިލް ޑިވައިސުން ޓީވީ ކިތަންމެ ވަރަކަށްވެސް ބަލާލެވޭނެ އެވެ. ހަމަ އެއާއެކު، މޯބައިލް ޑޭޓާ މެދުވެރިކޮށްވެސް ދިރާގު ޓީވީ އެޕް ބޭނުންކުރެވޭނެ އެވެ.
ދިރާގުޓީވީ ކަސްޓަމަރުންނަށް ދިރާގު ޓީވީ އެޕް އެޕަލް އެޕް ސްޓޯރު އަދި ގޫގްލް ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.