ހަބަރު

ސިންގަޕޫރަށް ދިޔަ ބޯޓެއްގައި އޮތް ބަލިމީހަކަށް އައްޑޫގައި ފަރުވާދީފި

އެފްރިކާގެ ގައުމެއް ކަމަށްވާ އިކުއެޓޯރިއަލް ގިނީން ފުރައިގެން ރާއްޖޭގެ ކައިރިންލާފައި ސިންގަޕޫރަށް ދަތުރުކުރި އާގުބޯޓެއްގައި ބަލިވެ ހާލުބޮޑުވެފައި އޮތް ފަޅުވެރިއަކަށް ދިވެހި ސިފައިން އެހީވެ، އަައްޑޫ ސިޓީގެ ހިތަދުއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނީ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރތިވީ އިކުއެޓޯރިއަލް ގިނީގެ ޕޯޓް އޮފް ބާޓާ ނަމަކަށް ކިޔާ ބަނދަރުން ފުރައިގެން ދަތުރުކުރަމުން ދިޔަ އެމްވީ ޕްރޮސްޕެރިޓީ 103 " ނަމަކަށް ކިޔާ ބޯޓުވައި އޮތް ބަލިމީހަކަށް ކަަމަށެވެ. އެބޯޓުގައި ހާލުބޮޑުވެފައި އޮތީ އުމުން 28 އަހަރުގެ ޗައިނާ މީހެކެވެ.

ބޯޓުގައި އަވަސް ފަރުވާ ބޭނުންވާ ހާލުބޮޑު ބަލިމީހަކު އޮތްކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އަދި ޑޮކްޓަރުންގެ ޓީމަކާ އެކު ބޯޓަށް ދިއުމަށް ސިފައިން ފުރީ މިއަދު ހެނދުނު 6:00 ގައި ކަަމަށާއި ބޯޓާހަމަށ ސިފައިން ދިޔަ އިރު ބޯޓު އޮތީ ގަމާއި ހަތް ނޯޓިކަލްް މޭލު ދުރުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.