ހަބަރު

ސެންޓްރަލް އެފްރިކަން ރިޕަބްލިކާ އެކު ރާއްޖޭން ގުޅުންް ގާއިމްކޮށްފި

ސެންޓްރަލް އެފްރިކަން ރިޕަބްލިކާ އެކު ރާއްޖޭން ފުރަތަަމަ ފަހަރަށް އިއްޔެގައި ގުޅުން ގާއިމްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގައި ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އެމްބްރޮއިސިން ކްޕޮންގޯ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނިއުޔޯކްސިޓީގައި ހުންނަ ރާއްޖޭގެ މިޝަނުގެ އޮފީހުގައެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި އެކު ސިޔާސީ ގުޅުން ގާއިމްކުރުމުން ރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދު މިހާރު ވަނީ 169 އަށް އަރާފައެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ މެދުތެރޭ އެފްރިކާގެ ބޮޑެތި ގައުުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގެ އާބާދީއަކީ ގާތް ގަނޑަކަށް 4.6 މީހުންނެވެ.