ހަބަރު

އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގެންފި

May 24, 2015

ލޯފުޅު އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްފަހު އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގެން ހިދުމަތް ފައްޓަވައިފި އެވެ.

އެއް ލޯފުޅަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ސިންގަޕޫރުގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މި ދިއަ މަހުގެ 15 ވަނަ ދުވަހު އެވެ.

"އެމަނިކުފާނު އެނބުރި ވަޑައިގެންނެވީ ކާމިޔާބު ފަރުވާއަކަށްފަހު. ހުރިހާ ކަމެއްވެސް މުޅީން ރަނގަޅު،" އުއްތަމަ ފަނޑިޔާރުގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ސިއްހީ ފަރުވާއަށް ރާޖެއިން ބޭރަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅުވައި މީޑިއާގެ ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުން ވަނީ ތަފާތު ވާހަކަތައް ފަތުރާފައެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.