ހަބަރު

ހޮޅުދޫގައި ސައިކަލެއް މޫދަށް ވެއްޓި ދެ ޒުވާނަކު މަރުވެއްޖެ

May 27, 2018
1

ނ. ހޮޅުދޫގައި ދެ ޒުވާނަކު ސައިކަލް ދުއްވަނިކޮށް ސައިކަލާ އެކު ފަޅުތެރެއަށް ވެއްޓި އެދެ މީހުން ވެސް މަރުވެއްޖެ އެވެ.

ދެ އެކުވެރިން ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށް ރޭ ދަންވަރު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ، އެ ރަށު ހުސްނާ މުހައްމަދު 27، އާއި އަހުމަދު އަދީލް، 26 އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެ ދެ ޒުވާނުން ދުއްވި ސައިކަލް ކޮންޓްރޯލުން ނެއްޓި ފަޅުތެރެއަށް ވެއްޓިގެން ކަމަށެވެ. ބަނދަރު މައްޗަށް ގޮސް އުޅުނު ބަޔަކަށް ސައިކަލު ފަޅުތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ނެގި އިރުވެސް ދެ މީހުން މަރުވެފައިވާ ކަމަށް އެ ރަށު ކައުންސިލިން ވަނީ ބުނެފަ އެވެ.

"ސައިކަލަށް ވެސް ބޮދެތި ގެއްލުންތަކެއް ވެފައި އޮތީ. އެދެ ޒުވާނުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.