ހަބަރު

އެލްޖީއޭގެ ސްޓާފް އެކްސްޗޭންޖިން ޕްރޮގްރާމް ފަށައިފި

May 24, 2015

އެލްޖީއޭގެ ފުރަތަމަ ސްޓާފް އެކްސްޗޭންޖިން ޕްރޮގްރާމް، "ޕްރެކްޓިސަސް ފޯ އިފެކްޓިވް ލޯކަލް ކައުންސިލް މެނޭޖްމެންޓް" މިއަދު ފަށައިފި އެވެ.

ކައުންސިލްތަކަށް އަމާޒުކޮށް ރޭވި މި ޕްރިގްރާމް ފައްޓަވައި ދެއްވީ އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފެވެ.

އެލްޖީއޭއިން ބުނީ ކައުންސިލްތަކުގެ މުވައްޒަފުންނަށް ފެށި އެއް މަސް ދުވަހުގެ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ހަ ކައުންސިލެއްގެ މުވައްޒަފުން ބައިވެރިވި ކަމަށާއި ސްޓާފް އެކްސްޗޭން ޕްރޮގްރާމްގައި ހަތް ދާއިރާއަކުން އަމަލީ ތަމްރީނު ދޭނެ ކަމަށެވެ.

އޭގެ ތެރޭގައި ޕްރޮޖްކެޓްސް އެންޑް ޕްލޭނިން އާއި މޮނިޓަރިން އެންޑް އިންވެސްޓިގޭޝަނާއި ޕްރޮކިއުމެންޓާއި ހިއުމަން ރިސޯސަސް އާއި ޖެނެރަލް އެޑްމިނިސްޓްރޭޝަނާއި ފައިނޭންސް އަދި ލޯކަލް ގަވަނެންސް ހިމެނެ އެވެ.