ހަބަރު

އިންފޮމޭޝަން ކޮމިޝަނަރު ސްވިޑުން އިން މައުލޫމާތު ހޯއްދަވައިފި

May 24, 2015
5

ސުވިޑުންގައި މައުލޫމާތު ހޯދާއި ލިބި ގަތުމުގެ ހައްގާބެހޭ ކަންކަން އޮންނަ އިންފޮމޭޝަން ކޮމިޝަނަރު އޮޅުންފިލުވައިފި އެވެ.  

އިންފޮމޭޝަން ކޮމިނަރު އަބްދުލް އަޒީޒް ޖަމާލް ސުވިޑުންއަށް ވަޑައިގަތީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމިޝަނަރުގެ އޮފީހުން ބުނީ އަޒީގެ ސްވިޑުން ދަތުރުގައި ސުވިޑުންގައި އެކަންކަން އޮންނަ ގޮތާއި މަޢުލޫމާތު މެނޭޖްކުރާ ގޮތާއި އެ ކަންކަން ހިނގާނުހިނގާ ގޮތުގެ މަޢުލޫމާތު ހޯއްދެވި ކަމަށެވެ.

އަދި އެ ދަތުރުގައި ސްވިޑުންގެތިން އޮމްބަޑްސްމަން އާއި ޗީފް ޕާލިއަމެންޓަރީ އޮމްބަޑްސްމަންއާ ބައްދަލުކުރެއްވުމުގެ އިތުރުން  އެޑްމިނިސްޓްރޭޓިވް ކޯޓް އޮފް އެޕީލްއަށް ވަޑައިގެން އެތާގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވި އެވެ.

ސްވިޑުން އަކީ ރަސްމީ ލިޔެކިޔުންތައް ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދީފައި އޮންނަތާ ދެ ގަރުނަށްވުރެ ދިގު މާޒީއެއް އޮތް ގައުމެކެވެ.