ހަބަރު

ގެއަކަށް ވައްދައިގެން ފުލުހަކަށް އަނިޔާ ކުރި އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށްފި

May 24, 2015
2

މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތިން ދިޔަ ފުލުހަކު ގެއެއްގެ ތެރެއަށް ވައްދާ އަނިޔާ ކުރި މައްސަލައިގައި އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައި ހައްޔަރު ކުރި އަންހެން މީހާއަކީ 18 އަހަރުގެ މީހެއް ކަމަށައި އެންމެން ވެސް ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ފުލުސް މީހާއަށް އަނިޔާކޮށްފައި ވަނީ މއ. ޝެލޯ އަށް ވައްދައިގެނެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލް ފުލުހުންނެއް ނުދެ އެވެ. މި ހާދިސާ ހިނގި އިރު މިދިއަ މޭޑޭގެ މުޒާހަރާގެ ތެރެއިން ވެސް ފުލުހަކަށް ވަނީ އަނިޔާކޮށްފައެވެ. އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު ބައެއް މީހުން ހޯދަން ވެސް ވަނީ އިއުލާންކޮށްފައެވެ.