ހަބަރު

މީހެއްގެ ކަރުގައި ހިފުމުން މުލީ ހޮސްޕިޓަލުގެ ޑޮކްޓަރަކު ހައްޔަރުކޮށްފި

May 24, 2015

މ. މުލީ ހޮސްޕިޓަލުގެ ޑޮކްޓަރަކު އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މުލީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކަޓަރު ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އެ ޑޮކްޓަރު ހައްޔަރު ކުރީ އެ ރަށުގެ މީހަކާ ދެމެދު ހިންގި މާރާމާރީއަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މިސްރުގެ އެ ޑޮކްޓަރު ދިވެހި މީހާގެ ކަރުގައި ހިފާ މާރާމާރީ ހިންގީ އޭނާގެ ދަރިފުޅާއި މުލީ މީހާއާ ދެމެދު ޖެހުނު މައްސަލައެއްގައި އިއްޔެ ހަވީރު އެވެެ.