ފިނިޕޭޖް

ސާޝާއާއި ހަޑްސަން ކައިވެނިކޮށްފި

ޓީވީ ސީރީޒް "ޕްރިޓީ ލިޓްލް ލަޔާސް" އިން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓްރެސް ސާޝާ ޕީޓާޒް އާއި ހަޑްސަން ޝެފާ ކައިވެނިކޮށްފި އެވެ. ދަ ޕީޕަލް އިން ރިޕޯޓުކުރި ގޮތުގައި މި ދެ މީހުން ކައިވެނިކުރީ އައިލޭންޑުގަ އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ސާޝާ ވަނީ އެ ދެ މީހުން ކައިވެނިކުރަން އުޅޭކަން އިންސްޓަގުރާމް މެދުވެރިކޮށް ހާމަވެސް ކޮށްފަ އެވެ.

ސާޝާ، 22 އާއި ހަޑްސަން، 28، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވެފައިވާއިރު، ޑިސެމްބަރު 2015، ގައި މި ދެމީހުން ވަނީ އެންގޭޖްވެސްވެފަ އެވެ.

"ޕްރިޓީ ލިޓްލް ލަޔާސް" ނިމުމަށްފަހު ސާޝާ އެންމެ ފަހުން ފެނިގެންދިޔައީ ރިއަލިޓީ ޑާންސް ޝޯ "ޑާންސިންގް ވިތްދަ ސްޓާސް" އިންނެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ "ޕްރިޓީ ލިޓްލް ލަޔާސް" ގެ ސްޕިން އޮފް ސީރީޒް "ދަ ޕާފެކްޝަނިސްޓް" އަށެވެ.