ހަބަރު

އަލީ ވަހީދުގެ ބަންދު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

May 24, 2015

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އަލީ ވަހީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ އޭނާ ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އެންމެ ފަހުން ނެރުނު އަމުރެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ފެށުމަށް ފަހު މިއަދު ވަނީ އަޑުއެހުންތައް ވެސް ނިންމާލައިފަ އެވެ.

އެހެންވެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.

އަލީ ވަހީދު ބަންދުގައި ބަހައްޓަން ކޯޓުން ކުރިން ދިން 15 ދުވަހަށް ހައި ކޯޓުން ވަނީ ކުރިން ތާއީދުކޮށްފަ އެވެ.