ވިޔަފާރި

ފިތުރު ޒަކާތް ދައްކާލަން ދިރާގުން ފަސޭހަ ގޮތްތަކެއް

May 29, 2018

ދިރާގު ވެބްސައިޓް ނުވަތަ ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ތައާރަފް ކުރި “ރަމަދާންއެމްވީ” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ އިންތިޒާމް ދިރާގުން ހަމަޖައްސައިފި އެވެ.

މި ފަސޭހައާއެކު މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހަދަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތަވާލުމަށް ފަހު ޕޯޓަލް ހުޅުވުމުން އެ ފަރާތަކުން ޒަކާތާތް ދައްކާ ވަރުގެ ތަފްސީލު ފުރިހަމަކޮށްލަންވީ އެވެ. އައަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރު އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދައްކާ ނިމުނީ އެވެ. ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެކެނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެ އެވެ.

ދިރާގު “ރަމަދާންއެމްވީ” އެޕް މެދުވެރިކޮށް ޒަކާތް ދައްކާ ނަމަ، އެޕްލިކޭޝަންގައިވާ ”ޒަކާތް" ޓެބަށް އޮއްބާލުމަށް ފަހު، މައުލޫމާތުތައް ފުރިހަމަކޮށްލުމުން ޒަކާތް ދައްކާލެވުނީ އެވެ.

ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
މި އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަ މީހާގެ އިތުރުން އެހެން މީހުންގެ ނަމުގައި ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
އެހެން އަހަރުތެކެކޭ އެއްފަދައިން މި އަހަރުވެސް ދިރާގުން ވަނީ ޕްރިޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ޒަކާތް ދެއްކޭނެ މަގު ހިލޭ ފަހި ކޮށްދީފަ އެވެ. މި ހިދުމަތް ލިބޭނީ *123*8# ޑައިލް ކުރުމުން އެވެ.