ވިޔަފާރި

ވެލިގާގެ "ދިހައެއްވީ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވުން

May 29, 2018

ރާއްޖޭގެ އެންމެ މަގުބޫލު އެއް ހާޑްވެއާ ސްޓޯރު، ވެލިިގާ ހާޑްވެއާ އަށް 10 އަހަރު ފުރުމާ ގުޅިގެން ކުރިޔަށް ގެންދިޔަ "ދިހައެއްވީ ޕްރޮމޯޝަން" ގެ ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވުނު ގުރުއަތުލުން ބާއްވާފައިވަނީ 26 މެއި ވީ އާދިއްތަ ދުވަހުގެ ހަވީރު 05:00 ގައި ވެލިގާ ހާޑްވެއާގެ ޖަނަވަރީ މަގު ފިހާރައިގަ އެވެ.

މި ޕްރޮމޯޝަންގެ އެއް ވަނަ ފަރާތަށް 25،000 ރުފިޔާގެ ވައުޗަރެއް ހުށަހެޅި އިރު، ދެ ވަނަ ފަރާތަކަށް 10،000 ރުފިޔާ ގެ ވައުޗަރެއް އަދި ތިން ވަނަ ފަރާތަކަށް 5،000 ރުފިޔާ ގެ ވައުޗަރއެއް ހުށަހެޅި އެވެ.

ނަސީބުވެރި ފަރާތްތައް:

މި ވައުޗާތައް ބޭނުންކޮށްގެން ނަސީބުވެރި ފަރާތްތަކަށް ވެލިގާ ގެ ކޮންމެ ފިހާރައަކުން އަދި ބްލަންކް އިން ވައުޗާގައި ޖަހާފައިވާ އަދަދަށް ވިޔަފާރި ކުރެއްވޭނެ އެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގައި ވެލިގާގެ ކޮންމެ ފިހާރައަކުން ވަނީ ކޮންމެ ހަަފްތާއަކުވެސް ނަސީބުވެރި ފަރާތެއް ހޮވާ، 2،000 ރުފިޔާގެ ގެ ވައުޗައެއް ހަވާލު ކޮށްފަ އެވެ. މިގޮތުން 2،000 ރުފިޔާގެ ވައުޗަރުގެ ނަސީބުވެރި 30 ފަރާތަކާ ހަވާލުކޮށްފައި ވެއެވެ.

އެޕްރިލް 6 އިން 20 މޭގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގައި ވިޔަފާރި ކުރި ފަރާތްތަކަށް %25 އާހަމައަށް ޑިސްކައުންޓް ދީފައިވާއިރު މި ޕްރޮމޯޝަންއަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.