ހަބަރު

ހުޅުމާލޭގައި މިރޭ ދެ އެކްސިޑެންޓް، ޒުވާނެއްގެ ހާލު ސީރިއަސް

ހުޅުމާލޭގައި މިރޭ ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފި އެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 8:45 ހާއިރު ހުޅުމާލޭ ނިރޮޅުމަގުގަ އެވެ. އެ އެކްސިޑެންޓް ހިނގީ މަގުގައި ހިނގާފަ ދިޔަ ދުސްވީ މީހެއްގެ ގައިގާ ސައިކަލަކުން ޖެހި އެވެ. އެމީހާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާސިޔާ ސާލިހު ވިދާޅުވީ، ދުވަސްވީ މީހާގެ މޫނަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި އެމީހާ އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:15 ހާއިރު އެވެ. އެ އެކްސިޑެންޓް ހިނގީ މައުލޫމާތު ލިބޭ ގޮތުގައި ދެ ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވީ ޒުވާނުން ދެ ފިރިހެން ކުދިންނަށެވެ.

އާސިޔާ ވިދާޅުވީ، އެ ދެ ޒުވާނުންނަށް ވެސް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެއް ޒުވާނެއްގެ ހާލު ސީރިއަސް ކަމަށެވެ.

ހުޅުމާލޭގައި މިދިޔަ ހަފުތާގެ ތެރޭގައި ވެސް އެކްސިޑެންޓެއް ހިނގައި ދެ ޒުވާނުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.