ހަބަރު

ރޯދަ މަހު ފަސް ރަށަށް ފެނަކައިން ޖަނަރޭޓަރު ފޮނުވައިފި

Jun 4, 2018
2

މެދުކެނޑުމެއްނެތި ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސްޕެއާ ނުވަތަ ޓެކްނިކަލް މީހުން ނެތިގެން ކަރަންޓު ނުލިބިފައި ތިބުމަކީ ފެނަކައިން ގަބޫލު ކުރާނެ ގޮތެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ރޯދަމަހު ރައްޔިތުންނަށް ކަރަންޓު ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް ދުރާލައި މަސައްކަތްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަމަށެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ 15 އިގެ ތެރޭގައި އެކަނި ވެސް ފަސް އަތޮޅަކަށް ފަސް ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށެވެ. ފެނަކައިން ބުނީ ކަރަންޓު ނުލިބިފައި ތިބޭނެ ފުރުސަތު އެ ކުންފުނިން ނުދޭނެ ކަމަށެވެ.

"އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމްވެފައި ހުރިމަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތެއް ނޫން،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.

ރޯދަމަހު ފެނަކައިން ފޮނުވާފައިވަނީ ދ. މީދޫއަށް 240 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ތ. ގުރައިދޫ އަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ލ. ގަމަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ޅ. އޮޅުވެލިފުއްޓަށް 160 ކިލޯ ވޮޓުގެ ޖަނަރޭޓަރެއްގެ އިތުރުން ގއ. ނިލަންދޫއަށް 240 ވޮޓުގެ ޖެނަރޭޓަރެކެވެ.