ހަބަރު

މޭޑޭގެ މުޒާހަރާގައި ހައްޔަރުކުރި އެކަކުވެސް މިހާރު ބަންދަކު ނެތް: ޕޮލިސް

May 25, 2015

މޭޑޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ ފަހުން ބަންދުގައި ތިބި 25 މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 193 މީހުންގެ ތެރެއިން އެންމެ ފަހު މީހާ ދޫކޮށްލީ އިއްޔެ ކަމަށައި އޭގެ ކުރީ ދުވަހު 22 މީހަކު އަދި އޭގެ ކުރި ދޫކުރި މީހުންނާއެކު ބަންދުގައި އެން،މެ ފަހަށް ތިބި 25 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މުޒާހަރާއާ ގުޅިގެން ދައުވާ ކުރަން އެދުނު 143 މީހެއްގެ މައްސަލައިން ޕީޖީ ބަލައި ގަތީ 128 މީހެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން އެ އޮފީހުގެ އިތުރު ފުރުސަތު ކޮމެޓީއަށް 98 މީހެއްގެ މައްސަލަ ފޮނުވާފައި ދައުވާ ކުރުމށް ކޯޓަށް ފޮނުވާ ގޮތަށް ނިންމީ 30 މީހެއްގެ މައްސަލަ އެވެ.

މޭޑޭގެ މުޒާހަރާގައި ހައްޔަރު ކުރި އެންމެން ދޫކޮށްލި އިރު އަންނަ މަހުގެ 12 ވަނަ ދުވަހު ވެސް މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.