ވިޔަފާރި

އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ފިއުލް ޝެޑް އެއް ގދ. ތިނަދޫގައި ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ތިނަދޫގައި ހުޅުވި ޝެޑުން 274،500 ލީޓަރުގެ ޑީސެލް އާއި 17،500 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށާއި އެ ޝެޑުގައި ތިން ޕެޓްރޯޑް ޑިސްޕެންސާ އާއި އެއް ޑީސެލް ޑިސްޕެންސާ ހުންނާނެ ކަމަށެވެ. އަދި އެ ޝެޑުގެ ސަބަބުން ތިނަދޫގެ ގިނަ ބަޔަކަށް ވަރަށް ފައިދާ ކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތައް މާލޭގެ އިތުރުން ހުޅުމާލެ އާއި އައްޑޫ އަދި ފުވަމުލަކުގައި ވެސް ހުރެ އެވެ.