ހަބަރު

ނައިޓް މާކެޓްގައި ސޮލީބު ވިއްކަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

May 26, 2015
1

އިއްޔެ ހަވީރު ފެށި މަގުމަތީ ބާޒާރުގައި ސޮލީބުތަކެއް ވިއްކަމުން ދިޔަ މީހަކު ހައްޔަރުކޮށް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ދިވެއްސެކެވެ.

ފުލުހުން ބުނީ  ނައިޓް މާކެޓުގެ މޭޒަކުން ކަރުގައި އަޅާ ފަށުފުލުގައި ބޭނުން ކުރެވޭ ގޮތަށް ހުރި ބޮލީބުތަކެއް ފަށާއެކު ވިއްކަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ނައިޓްމާކެޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ފުލުހުން ނައިޓްމާކެޓްގައި ހުރި ވަކިވަކި މޭޒުތައް ބަލައި އެތަކެތި ވިއްކަމުންދިޔަ މޭޒު ދެނެގަނެ އެތަކެތި އަތުލާފައިވާ ކަމަށާއި އެ ވިއްކަމުން ދިޔަ މީހާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ރޭ ވަނީ 25 ސޮލީބު ގެންގޮސްފައެވެ. އަދި މަގުމަތީ ބާޒާރުގެ އެހެން މޭޒުތަކުގައި އެފަދަ ތަކެތި ވިއްކަމުންދޭތޯ ދަނީ ބަލަމުންނެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ 4 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ އަކުރުގައި ބަޔާންކޮަށްފައިވާ ފަދައިން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން ހެދުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިޢާރުކަމަށް ބެލެވޭ ތަކެތި ވިއްކުމާ ގެންގުޅުމާ އިޝްތިހާރު ކުރުމަކީ ރާއްޖޭހައި މަނާކަމެވެ.