overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ގާސިމަށް ނަޝީދާއި އިބޫ ކަމަކު ނުދޭ، ދެން ކާކު؟

ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަންގެ އެހެން ޕާޓީތަކަށް ދެއްވި މެސެޖުން ކުރިން ފުސްކޮށް ފެނުނު ވަރަށް ގިނަ މަންޒަރުތަކުގެ ހަގީގަތް އެނގޭ ވަރަށް އެބަ ސާފުވެ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގާސިމަށް ނެތްކަން ގަބޫލުފުޅު ކުރައްވާކަން ވެސް ސާފުވެ އެވެ. ހަމަ އެހެންމެ އިދިކޮޅު އެއް ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނެރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާކަން ވެސް ސާފެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރިޔާސީ ރޭހަށް ޝަރުތު ހަމަނުވާ ބޭފުޅެއްކަން ގާސިމް ސާފު ބަހުން ވިދާޅުވިއިރު އެމްޑީޕީ ދެވަނަ އޮޕްޝަނެއްގެ ގޮތުގައި ފައްކާ ކުރަމުންދާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ވެސް ދެކޮޅުކަން ގާސިމްގެ މެސެޖުން ސާފުވެ އެވެ. ގާސިމް ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި މައްސަލައެއް ފައިލްކޮށްފައިވާ ބޭފުޅަކަށް އޭނާގެ ވާހަކަ ތަކުރާރުކޮށް އިޝާރާތް ކުރައްވާފައެވެ. އެފަދަ ބޭފުޅަކަށް ހުންނެވީ އިބޫ އެކަންޏެވެ. އިބޫ ޖުމްހޫރީ މައިދާނަށް އެއްވުމުގެ ތެރެއިން ވަން މައްސަލަ އޮތީ ފައިލްކޮށްފަ އެވެ.

"މަޝްވަރާތަކަށް އެމްޑީޕީއިން ވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއްވެސް ނެތް، އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްކަން [ދެ ގައުމެއްގެ ރައްޔިތުކަން] ވެސް ނެތް ނަމެއް، ޕީޖީ އޮފީހުގައި ފައިލްކުރެވުނު ބައެއް ބޭފުޅުންގެ މައްސަލަތައް އަލުން ކޯޓަށް ފޮނުވުނުކަން ވެސް ތިޔަ ހުރިހައި ބޭފުޅުން ހެކިވާނެ،" ގާސިމް ވިދާޅުވެފައިވެ އެވެ.

މިއިން ސާފުވި ކަމަކީ އަމިއްލަފުޅަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން ގަބޫލު ކުރައްވާފައިވާއިރު ރައީސް ނަޝީދުގެ އިތުރުން އިބޫއަށް ވެސް އެ ފުރުސަތު އޮތް ކަމަށް ގާސިމް ގަބޫލު ނުކުރައްވާ ކަމެވެ. ފުރުސަތު އޮތީ ސާފު ދެ ޕެއާއަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެވެ. އެއީ ކޮން ބައެއް ހެއްޔެވެ؟

ޖުމްހޫރީ ޕާޓީއަށް ބަލާނަމަ، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބެލެވެން ތިއްބެވީ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އަލީ ވަހީދާއި އަމީން އިބްރާހިމެވެ. ގައިމަށް ވެސް އެއީ ސާފު ބޭފުޅުން ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ. އަނެއްކޮޅު އެ ބޭފުޅުންގެ މައްސަލަތައް އެކި ތަންތާ އެބަ އޮތެވެ. ރާއްޖެ ވަޑައިނުގަންނަނީ ވެސް އެހެންވެ އެވެ. ދެން އެމްޑީޕީއަށް ބަލަމާ ހެއްޔެވެ؟

ރައީސް ނަޝީދާއި އިބޫ ނަގާފައި ދެން އެމްޑީޕީގެ ތެރެއިން ކެންޑިޑޭޓެއްގެ ގޮތުގައި ފެންނަނީ އަބްދުﷲ ޝާހިދު އެކަންޏެވެ. އިތުރު ނަމެއް ނުފެނެ އެވެ. އެކަމަކު ޝާހިދަކީ ވެސް ސާފު ބޭފުޅެއް ކަމަށް މީހުން ގަބޫލެއް ނުކުރެ އެވެ. އެހެންކަމަށްވާއިރު ގާސިމް ވިދާޅުވާފަދަ ސާފު ޕެއާއެއް ހޯދަނީ ކޮންތާކުން ހެއްޔެވެ؟ އެއީ ކޮން ބޭފުޅުނެއް ހެއްޔެވެ؟

ގާސިމް ދެން އެންމެ ބޮޑަށް ބާރު ދެއްވަމނީ ޖުމްހޫރީ ޕާޓީން ވެފައިވާ ގުރުބާނީތަކެވެ. މިހާރު ވެސް ޖަލުގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު ގިނައީ ޖުމްހޫރީ ޕާޓީގެ ބޭފުޅުން ކަމެވެ. އެއް ތަނަކުން ހައްޔަރު ކުރުމަށްފަހު އެމްޑީޕީގެ މެންބަރުން ދޫކޮށްލައި ޖުމްހޫރީ ޕާޓީގެ މެންބަރުން ބަންދުކޮށްފައި އެބަ ތިބިކަން ވެސް ފާހަގަކުރައްވަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި އަބްދުﷲ ޝާހިދުގެ ވާހަކައަށް އިޝާރަތް ކުރައްވާ ވިދާޅުވި އެއްޗެކެވެ.

"މިވަގުތު ވެސް މި ކޯލިޝަން ހަރަކާތުގެ ތެރެއިން ނުޙައްގުން އަނިޔާ ލިބި ޖަލުގައި އެންމެ ގިނައީ އަޅުގަނޑުމެންގެ ޕާޓީގެ މީހުން ދެއްތޯ އެވެ؟ އަޅުގަނޑާއި ޖޭޕީ، ރިސްކު ނެގިވަރު ވެސް ވަކި ކުޑައެއް ނޫން ދެއްތޯ އެވެ؟ ގުޅިފައިވާ ޕާޓީތަކަށް ދޫދޭވަރު ވެސް ވަކި ކުޑައެއްނޫން ދެއްތޯއެވެ؟ " ގާސިމް ވިދާޅުވި އެވެ.

ކޯލިޝަނަށްޓަކައި އަދި އިސްލާހަށްޓަކައި ޖުމްހޫރީ ޕާޓީންވެފައިވަނީ ބޮޑު ގުރުބާނީއެއްކަން ދައްކަވަން ގާސިމް މަސައްކަތް ކުރައްވާފައިވަނީ އެންމެ ބޭނުމެއްގަ އެވެ. އިދިކޮޅު އެއް ކެންޑިޑޭޓް ހައްގުވަނީ ޖުމްހޫރީ ޕާޓީއަކަށް ކަން ދެއްކެވުމަށެވެ.

"އެމްޑީޕީ ނޫން ބަޔަކަށް ކެންޑިޑޭޓްކަން ދޭން އެމްޑީޕީ އެއްވެސް ދުލެއް ނުދޭ ކަމަށް ވަނީނަމަ އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނުވަތަ އެކަހަލަ ދެ ޕެއާ ދެ ޕާޓީއެއްގެ ނަމުގައި އިންތިހާބަށް ކުރިމަތިލައި ފަހުން ހުރިހާ ކަމެއް ކްލިއާ ވީމާ އެތަނުން ޕެއާއަކަށް އެއްބަސްވާ ގޮތަށް މިއަދު އެއްބަސް ނުވެވޭނަމަ އިތުރަށް ދައްކަން އޮތީ ކޮން ވާހަކައެއްތޯ އެވެ؟" ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމް މިހުރިހާ ވާހަކައެއް އެއްފަހަރާ ދައްކާފައިވާއިރު ކޯލިޝަންގެ މުސްތަގުބަަލަށް ވަރަށް މުހިންމު ވާހަކަތަކެއް ވެސް ވަނީ ދައްކަވާފަ އެވެ. އެ ކޯލިޝަނަށް އޮތް ހަމަ އެކަނި މަގަކީ ގާސިމް ވިދާޅުވި މަގު ކަމަށް ވެދާނެ އެވެ.

"ވިސްނާ ލައްވާށެވެ. އަޅުގަނޑުމެންގެ އެއްވެސް ކެންޑިޑޭޓެއްގެ ނަން ވޯޓް ކަރުދާސްކޮޅުގައި ރައްޔިތުން ވޯޓުލާން ނޯންނާނެ ސިނާރިއޯއަކަށް އަޅުގަނޑުމެން ވަގުތުގެ ޖަޒުބާތުގައި ނުވަތަ މަގާމެއްގެ އިޝްގުގައި ގެނބިގެންދިޔަ ނުދެމާތޯއެވެ،" ގާސިމް ދެއްވި މެސެޖަކީ މިއީ އެވެ.

އެކަމަށްޓަކައި ޖުމްހޫރީ ޕާޓީ އޮތީ ދެވެން އޮތް އެންމެ ދުލެއްވިއްޔާ ދޭން ކަމަށް ވިދާޅުވި އެވެ. ހިޔާލު ތަފާތުވާއިރު ޣާޒީން ބާޣީންނަށް ހެދުމުގެ ބަދަލުގައި މަޝްވަރާކޮށްގެން އެކުގައި ކުރިއަށް ދިޔުމުގެ މުހިންމުކަމުގެ ވާހަކަ ގާސިމް ވަނީ ހިއްސާ ކުރައްވާފަ އެވެ.