ހަބަރު

ސިފައިންގެ އޮފިސަަރަކު ވަޒީފާއިން ވަކިކޮށްފި

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އިސް މަގާމެއް އަދާ ކުރަމުން ވަޑައިގެންނެވި އޮފިސަރަކު ސިފައިންގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

ސިފައިންގެ ވަޒީފާއިން ވަކި ކުރީ މޭޖާ އަބްދުލް މުހުސިން މުހައްމަދެވެ. އެނާ ސިފައިންގެ މަރުކަޒުގެ ބަންދުގައި ބެހެއްޓެވުމަށް ފަހު ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކި ކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ވަކި ވަކި ސިފައިންނާ މެދު އިދާރީ ގޮތުން އަޅާ ފިޔަވަޅުތައް މީޑިއާއަށް ހާމަ ކުރާ އުސޫލެއް ނުގެންގުޅުއްވާ ކަމަށެވެ.