ހަބަރު

ޗައިނާއިން ދިން 200 ޑަސްބިން އެޗްޑީސީއާ ހަވާލުކޮށްފި

May 26, 2015

 ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ޑަސްބިންތަކެއް އެޗްޑިސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޗައިނާއިން ދިން 200 ޑަސްބިންތަކުގެ ތެރެއިން 180 ޑަސްބިން އެޗްޑީސީއާ ހަވާލުކޮށް އެހީގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ ހުޅުމާލޭ އެޗްޑީސީގެ އޮފީހުގަ އެވެ.

އެއްބަސްވުމުގައި އެނާޖީން މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ސައިމަނެވެ.