ހަބަރު

ސައިމަން އެޗްޑީސީއިން ވަކިކޮށް އިންޑަސްޓްރިއަލް ޒޯން ކުންފުންޏަށް

ހުޅުމާލެ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައިމަން އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެޗްޑީސީއިން ސައިމަން ވަކި ކުރުމަށް ފަހު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓަޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އޭނާއަށް ދީފައިވާ ކަމަށެވެ. އަދި އެޗްޑީސީ ހިންގުމަށް އަހުމަދު ނާސިފްއާ ހަވާލުކޮށްފައިވާ ކަމަށް ނިޒާރް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ސައިމަން ހަމަޖެއްސީ 2015 ވަނަ އަހަރުގެ މާޗު މަހު 4 ގައެވެ. އޭނާ އޭގެ ކުރިން އަދާ ކުރީ ހަމަ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމެވެ.