ހަބަރު

އުނގޫފާރު ބަނދަރުގައި އޮތް ތެޔޮބޯޓެއްގައި އެއްޗެއް ގޮވައި މީހަކު ފިހިއްޖެ

ރ. އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގެ ޖަނަރޭޓަރު ގޮވައި އެ ބޯޓްގެ ފަޅުވެރިއަކު ފިހިއްޖެ އެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބުދުއް ނާސިރު އަލީ މިރޭ "އަވަސް" އަށް ވިދާޅުވީ އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގީ އެބޯޓުގައި ހުރި ޖަނަރޭޓަރެއް އޯވަހީޓް ވެގެން އޭގެ ފަޅުވެރިއަކު އެ ޖަނަރޭޓު ނިވާލަން އުޅެނިކޮށް ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަނަރޭޓަރު ނިވާލަން އޭނާ ދިޔަ ވަގުތު އެ ޖަނަރޭޓަރު ގޮވީ. ދެން އޭނާ ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" ނާސިރު ވިދާޅުވިއެވެ. ފިހިފައި ވަނީ އެ ތެޔޮ ބޯޓްގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތެކެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ އަތާއި ފައި ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

ހާދިސާ ހިނގި ތެޔޮ ބޯޓު އޮތް ސަރަހައްދު ފުލުހުން މިހާރުވަނީ ބަންދުކޮށްފައެވެ. ނާސިރު ވިދާޅުވީ ފުލުހުން މިހާރު އެހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބުރާހީމް އާޒިމް ވިދާޅުވީ ތެޔޮބޯޓުގައި ރޯވި އަލިފާން، އަލިފާން ނިވި ބޭނުންކޮށްގެން ނިއްވައިލީ އޭގެ ފަޅުވެރިން ކަަމަށާއި ހާދިސާ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަނަރޭޓަރު ނިވާލަން އޭނާ ދިޔަ ވަގުތު އެ ޖަނަރޭޓަރު ގޮވީ. ދެން އޭނާ ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" ނާސިރު ވިދާޅުވިއެވެ. ފިހުނު މީހާ އަކީ ސްރީލަންކާގެ ރައްޔިތެކެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ އަތާއި ފައި ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

ހާދިސާ ހިނގި ތެޔޮ ބޯޓު އޮތް ސަރަހައްދު ފުލުހުން މިހާރުވަނީ ބަންދުކޮށްފައެވެ. ނާސިރު ވިދާޅުވީ ފުލުހުން މިހާރު އެހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބުރާހީމް އާޒިމް ވިދާޅުވީ ތެޔޮބޯޓުގައި ރޯވި އަލިފާން އަލިފާން ނިވި ބޭނުންކޮށްގެން ނިއްވައިލީ އޭގެ ފަޅުވެރިން ކަަމަށާއި ހާދިސާ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.