overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ އުދާސްތައް ޅެންބައިތަކުން: އަންތަރީސް ނުވެ ވިސްނުން އިސްކުރޭ

އިދިކޮޅު ކޯލިޝަންގެ އެއް ކެންޑިޑޭޓެއްގެ ގޮތުަގައި ނެރެން ރަނގަޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބުރާހިމް މުހައްމަދު ސޯލިހު ( އިބޫ) ކަމަށް ބުނާ މީހުންނާ އެނޫން މީހުންނާ ދެމެދު ހިނގާ ބަހުސާ މެދު އެއްޗެއް ވިދާޅު ނުވެ ހުންނެވުމަށް ފަހު އޭނާ މިރޭ ނުސީދާކޮށް ވާހަކަފުޅެއް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޓްވިޓާގައި އިބޫ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވިސްނުން އިސްކުރަން ޖެހޭ ކަމަށެވެ. އޭނާ ކުރެއްވި ޓްވީޓުުގައި ހިމެނުއްވީ ޅެންބައިތެކެވެ. ބައިތުގައި އޮތީ ޖަންގަލީގައި އެކި ގޮތް ގޮތަށް މަގުތައް ހުންނަ ކަމަށާއި [ކުރިއަށް ދާން ބޭނުން ނަމަމ] އަންތަރީހަށް އަންތަރީސް ނުވެ ، ވިސްނުން އިސްކުރަންޖެހޭ ކަމަށެވެ.

އެ ޅެމުން އެހެން ބައިތެއް އިބޫގެ ދައްތަ އައިމިނަތު ސޯލިހު ވެސް ވަނީ ޓްވީޓަކުން ވިދާޅުވެފަ އެވެ. "ހިތް މިއަދު އޮބި ނޯވެގެން އެކުރާ ދުއާ ފުއްދުމަށް އަދައި، ހިތްމަތެއް ކުރެވޭނެއޭ ފަދަ ހިކުމަތްތަކެއް ސިކުނޑިން ނެރޭ" މިހެނެވެ.

އެއް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އިދިކޮޅު ޕާޓީތަކުން އިބޫ ނެރުމަށް ތާއީދު ކުރާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.

އިދިކޮޅު ކެންޑިޑޭޓެއްގެ ބަހުސް ހޫނުވެފައި ވާއިރު އެމްޑީޕީން މިހާރު ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. ނަމަވެސް ނަޝީދަކީ ޖަލު ހުކުމެއް އޮތް ބޭފުކަށް ވާތީ ކުރިމަތި ނުލެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން ( އީސީން) އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އިދިކޮޅުން އެއް ކެންޑިޑޭޓެއް ނެރުމަށް އޮތް ހުރަހަކީ ނަޝިދު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރުމުން އެމަނިކުފާނު މިހާރު ވިދާޅުވެފަައި ވަނީ އެއް ކެންޑިޑޭޓަކު ނެރުމަށް ހުރަހަކަށް ވެވަޑައި ނުގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރެން ކުރާ މަސައްކަތުގައި އިދިކޮޅު އެމްޑީޕީ އިން ގޮތް ދޫކުރައްވާ ހުކުމެއް ތަންފީޒު ކުރަން ނުޖެހޭއަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ނެރެން އެއްބަސްވާން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެނެވެ.