ހަބަރު

އެއިޓްކެން ސްޕެންސް އިން ރާއްޖޭގައި އިތުރު ދެ ރިސޯޓެއް ހަދަނީ

May 26, 2015
2

"އަދާރަން" ބްރޭންޑްގެ ހަތަރު ރިސޯޓެއް މިހާރު ވެސް ރާއްޖޭގައި ހިންގާ ސްރީލަންކާގެ އެއިޓްކެން ސްޕެންސް އިން ރާއްޖޭގައި އިތުރު ރިސޯޓްތަކެއް ތަރައްގީ ކުރަން ދެ ރަށެއް ނަަގައިފި އެވެ.

އިއްޔެ ސްރީލަންކާގައި ފެށި ޓޫރިޒަމް ދާއިރާގެ ސަރަހައްދީ ކޮންފަރެންސްގައި އެ ކުންފުނިން ހާމަ ކުރި ގޮތުގައި، ރިސޯޓް ހެދުމަށް މުޅިން އަލަށް އެ ކުންފުނިން ނަގާފައި ވަނީ ނ. ރާފުއްޓާއި ރ. އާރަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންވެސްޓް ކުރި ހޮޓަލް ޗެއިންތަކުގެ ތެރޭގައި ހިމެނޭ އެ ކުންފުނިން ހާމަ ކުރި ގޮތުގައި، ރާފުށި ކުއްޔަށް ނެގުމަށް އެ ކުންފުނިން ފަސް މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު އެ ރަށުގައު ތަރައްގީ ކުރާނީ ހަތަރު ތަރީގެ ހޮޓަލެކެވެ. އަދި އާރަށުގައި 163 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ތަރައްގީ ކުރާ އިރު އެ ރަށަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.