ވިޔަފާރި

ދިރާގު ޓީވީން ވޯލްޑް ކަޕް ފެންނާނެ

Jun 12, 2018
1

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ، ވޯލްޑް ކަޕްގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ދައްކަން، ޕީއެސްއެމްއާއެކު ސޮއިކޮށްފި އެވެ.

ދައުލަތުފެ މީޑިޔާ ޕީއެސްއެމްއިން ބުނީ، ދިިރާގު ޓީވީއިން ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ޗީފް މާކެޓިން މެނޭޖަރު އަހުމަދު މައުމޫން ކަމަށެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ކަމަށެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މައުމޫން ވިދާޅުވީ ވޯލްޑްކަޕްގެ ޝޯތައް ދިވެހިންނަށް އެންމެ ކަމުދާތަށް، ދިވެހިން ގަޔާވާ ގޮތަށް އަބަދުވެސް ގެނެސްދެމުންދަނީ ދައުލަތުގެ މީޑިޔާ އިން ކަމަށެވެ. އަދި ކަސްޓަމަރުންނަށް މި ފަދަ ބޮޑު އިވެންޓެއް ފުރިހަމަކޮށް ގެނެސްދިނުމާއި ޕްރޮމޯޓް ކުރުމުގައި ދިރާގުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މައުމޫން ވިދާޅުވި އެވެ.

ދިރާގު ޓީވީގެ އިންޓްޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ލިބެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއި ބޮކްސްއެއް ގަންނާކަށް ނުޖެހޭނެ އެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީގެ ހިދުމަތް ހޯދާ ރާތްތަކަށް އަގަކާނުލާ ޖޯއިބޮކްސް ލިބެ އެވެ. ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެ އެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެ އެވެ.

ދިރާގު ޓީވިއާމެދު ގިނަ ބައެއްގެ އޮންނަ ނުތަނަވަސް ކަމަކީ ޕްރިމިއާ ލީގާއި މުހިންމު ނިއުސް ޗެނަލްތައް ލިބެން ނެތުމެވެ.