ޓީވީ ސީރީޒް

ގަލް ގެޓޮޓްއަށް "ރެޑް ނޯޓިސް"އިން ބަަތަލާގެ ރޯލު

ޔުނިވާސަލް ޕިކްޗާސް އަދި ލެޖެންޑަރީ ޕިކްޗާސް ގުޅިގެން ގެނެސްދޭ އެކްޝަން ތްރިލާ ފިލްމު "ރެޓް ނޯޓިސް" ލީޑު ބަތަލާއަކަށް ގަލް ގެޓޮޓް ހަމަޖައްސައިފި އެވެ.

މި ފިލްމުގައި ބަތަލްއަކަށް ފެނިގެންދާނީ ޑުވޭން ޖޯންސަން އެވެ. މި ފިލްމުގައި ގެނެސްދޭނީ ދުނިޔޭގައި އުޅޭ އެންމެ ބޮޑު ވަގަށް ޖާސޫސްކުރާ އިންޓަޕޯލް އޭޖެންޓެއްގެ ވާހަކަ އެވެ. ޑުވޭން ފެނިގެންދާނީ އިންޓަޕޯލްގެ އޭޖެންޓުގެ ރޯލުންނެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ ރޯސަން މާޝަލް ތަރްބާ އެވެ. ރޯސަން ވަނީ މީގެކުރިން ޑުވޭން ކުޅުނު ފިލްމު "ސެންޓްރަލް އިންޓެލިޖެސް" ޑައިރެކްޓުކޮށްފަ އެވެ. ޑުވޭންގެ ކުރިއަށް އޮތް ފިލްމު "ސްކައިކްރެޕާ" ޑައިރެކްޓުކުރަނީވެސް އޭނާ އެވެ.

ޑުވޭން އާއި ރޯސަންވެސް ޕްރޮޑިއުސްކުރާނެ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނެނީ، ބިއޫ ފްލިން (ފްލިން ޕިކްޗާސް ކޮމްޕެނީ)، ޑެނީ ގާސިއާ އާއި ހިރަމް ގާސިއާ (ސެވެން ބަކްސް ޕްރޮޑަކްޝަން) އެވެ. އެގްޒެކެޓީވް ޕްރޮޑިއުސަރަކީ ވެންޑީ ޖެކޮބްސަން އެވެ.

ގަލް އާއި ޑުވޭން ވަނީ މީގެކުރިން ތިން ފިލްމެއްގައި އެކުގައި ފެނިގެން ގޮސްފަ އެވެ. އެއީ "ފާސްޓް އެންޑް ފިއުރިއަސް" ފިލްމު ފްރެންޗައިޒްގެ ފަސް ވަނަ ފިލްމާއި ހައެއް އަދި ހަތް ވަނަ ފިލްމުންނެވެ. ގަލް މިހާރު ކުރަމުން އަންނަނީ "ވޮންޑަ ވުމަން" ގެ ދެ ވަނަ ފިލްމުގެ މަސައްކަތެވެ.

"ރެޑް ނޯޓިސް" ރިލީޒްކުރާނީ ޖޫން 12، 2020 ގަ އެވެ.