ހަބަރު

މާލޭ ސިޓީ ކައުންސިލް މެންބަރު އަމީންއަށް ޕީޕީއެމުން ފިޔަވަޅު އަޅައިފި

މާލޭ ސިޓީ ކައުންސިލްގައި ހުންނަވާ ޕީޕީއެމްގެ މެންބަރު ޒައިދުލް އަމީންގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެ ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށްފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުުވީ، އަމީންއާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލަށް ހުށަހެޅުނު ސުލޫކީ މައްސަލައަކާ ގުޅިގެން އެ މައްސަލަ ބަލައި މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން ނިންމާފައި ވަނީ ޕީޕީއެމްގެ ކައުންސިލުން އޭނާ ވަކިކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރަން ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ނަމަވެސް އަމީންއާ މެދު ހުށަހެޅުނީ ކޮން ސުލޫކީ މައްސަލައެއް ކަމެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.

އަމީން މިފަހުން ސިންގަޕޫރަށް ކުރި ދަތުރެއްގައި އެ ގައުމަށް ބޭސް ފަރުވާއަކަށް ގޮސްހުންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާ އެކު ފޮޓޯއެއް ނަގާ އާންމު ކުރި މައްސަލަ އޮތީ ބޮޑުވެފަ އެވެ. އަދި އެ ފޮޓޯގެ މައްސަލައިގައި އަމީން މާފަށް އެދެން އެންގި ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވައި އެކަމަށް ގޮންޖައްސަވައިފަ އެވެ.