ވޯލްޑް ކަޕް 2018

ޓިއުނީޝިއާ

ގޭމް ސިސްޓަމް: 4-2-3-1

ޓިއުނީޝިއާ ވޯލްޑްކަޕަށް ކޮލިފައި މިވީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޖަރުމަންގައި 2006 ގައި ބޭއްވި ވޯލްޑްކަޕަކީ، ޓީއުނީޝިއާގެ ހަތަރު ވަނަ ވޯލްޑްކަޕެވެ. ކުރިން ދިޔަ ހަތަރު އަހަރުވެސް އެ ގައުމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފަ އެއް ނުވެ އެވެ. ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑްކަޕުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށް އެ ޓީމުން އައީ ގަވައިދުން ވޯލްޑްކަޕުގައި ވާދަ ކުރަމުންނެވެ. އެފްރީކަން ކަޕް އޮފް ނޭޝަންގެ ފައިނަލުގައި ދެ ފަހަރު ކުޅުނެވެ. އެއީ އަމިއްލަ ގައުމުގައި ބޭއްވި ދެ ފަހަރު އެވެ. ފައިނަލު ކުޅުނު ދެ ވަނަ ފަހަރު ކަމަށްވާ 2004 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.

ކޮލިފައިވީގޮތް

ވޯލްޑްކަޕް ކޮލިފައިންގައި ޓިއުނީޝިއާ އެއްވެސް މެޗަކުން ބަލިވެފަ އެއް ނުވެ އެވެ. ޑިމްކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ލީބިޔާ އަދި ގިނީ ހިމެނޭ ގުރޫޕްގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. އެ ޓީމަށް މޮޅު ނުވެވުނީ، ގުރޫޕްގެ ދެ ވަނަ ހޯދި ކޮންގޯ އާއި ލީބިޔާ އާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗު ތަކުންނެވެ. ކޮންގޯ އާއި ޓިއުނީޝިއާ ދެމެދު ހުރީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. ޓިއުނީޝިއާ އަށް 14 ޕޮއިންޓެވެ. ކޮންގޯއަށް 13 ޕޮއިންޓެވެ.

މުހިންމު ކުޅުންތެރިން

ޔޫސުފް މަސާކްނީ އަކީ، ކޮލިފައިންގައި ޓިއުނީޝިއާގެ ޓީމުން އެންމެ ވިދާލި ކުޅުންތެރިޔާ އެވެ. ގަތަރުގެ ޗެމްޕިއަން އަލް ދުހައިލް ސްޕޯޓްސް ކުލަބުގެ ފޯވަޑް ވަނީ ކޮލިފައިންގައި ގިނީ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި ހެޓްރިކު ހަދާފަ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑްކަޕުން އޭނާ އަށް ފުރުސަތެއް ނުލިބުނެވެ. މިހާރު ޓީމުގައި ހުރި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ޑިފެންޑަރު އައިމަން އަބްދުންނޫރު އެވެ. ސްޕެއިންގެ ވެލެންސިއާގެ ލޯން އެއްބަސްވުމުގެ ދަށުން ފްރާންސްގެ އޮލިމްޕިކް މާސެލޭއަށް ކުޅެމުން ގެންދާ އަބްދުންނޫރު ވަނީ ޓިއުނީޝިއާގެ ގައުމީ ޓީމަށް 57 މެޗު ކުޅެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީ އާއި އެވަޓަންގެ އަދި ވަޓްފޯޑުން ވެސް އޭނާ އާ މެދު ޝައުގުވެރިކަން ފާޅު ކުރި އެވެ.

ކޯޗް

ކޮލިފައިންގެ ބޮޑުބައެއްގައި، ޓިއުނީޝިއާ އަށް ކޯޗު ކޮށްދިނީ ޕޮލެންޑްގެ ހެންރިކް ކަސްޕާޗަކް އެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންގެ ކްއާޓާ ފައިނަލުން އެ ޓީމު ކެޓުމުން، ކަސްޕާޗަކް ކޯޗު ކަމުން ވަކި ކުރި އެވެ. އެޓީމުގެ ކޯޗުކަން ހަވާލު ކުރީ އެ ގައުމުގެ ނާބިލް މާލޫލުލް އަށެވެ. އޭރު ކޮލިފައިންގައި އިނީ ބާކީ ދެ މެޗެވެ. މިއީ ގައުމީ ޓީމުގެ ހެޑް ކޯޗު ކަމާ އޭނާ ހަވާލުވި ދެ ވަނަ ފަހަރެވެ. ކުޅެފަ އެވެ.

ގައުމީ ޓީމުގެ ކޯޗު ކަމާ އޭނާ އެންމެ ފުރަތަމަ ހަވާލުވީ، 2013 ވަނަ އަހަރު އެވެ. ހަތް މެޗުގައި އޭނާ ޓީމަށް އިރުޝާދު ދިނެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ކޮށް ނުދެވުމުން އޭނާ ޓީމުން އިސްތިއުފާ ދިނީ އެވެ. އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަން، ޓިއުނީޝިއާއިން ކާމިޔާބު ކުރިއިރު ހޭރުގެ ހެޑްކޯޗް ރޮޖާ ލެމާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ވަނީ 74 މެޗުގައި ޓީއުނީޝިއާގެ ގައުމީ ޓީމަށް