ހަބަރު

އައިއެފްއެމްގެ ދައުވަތަކަށް ދީނީ އިލްމުވެރިޔާ ނިސާރު ނާޑިއާޑްވަލާ ވަޑައިގަންނަވަނީ

May 26, 2015

އިސްލާމީ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) ގެ ދައުވަތަކަށް އިންޑިޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ނިސާރު ނާޑިއާޑްވަލާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނިސާރު ނާޑިއަޑްވާލާއަކީ އިންޑިޔާގެ ޕީސް ޓީވީ އާއި ޑރ. ޒާކިރު ނައިކުގެ ރިސާޗް ފައުންޑޭޝަންގެ ރިސާޗް ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު ފުރުއްވަފައިވާ އިލްމުވެރި ބޭފުޅެކެވެ.

އައިއެފްއެމް އިން ބުނީ ނިސާރު ރާއްޖެ ވަޑައިގަންނަވަނީ އެ ޖަމިއްޔާގެ ހަ ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ބައިވެރިވާން ކަމަށާއި ރާއްޖޭގެ ބައެއް ރަށްރަށަށް ވެސް އޭނާ ވަޑައިގަންނަވާނެ ކަމަށެވެ.

ނިސާރަކީ ދުނިޔޭގެ އެކި ގައުމުތަކުގައި 200 އަށްވުރެ ގިނަ ދީނީ ދަރުސް ދެއްވާފައިވާ ބޭފުޅެކެވެ.