ވިޔަފާރި

ޓްރެވަލް އެވޯޑްސް ޕީޕަލް އެޑިޝަން ލޯންޗް ކުރުން އަންނަ ހަފުތާގައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ، މަޓާޓޯ ޕީޕަލްސް އެޑިޝަން ލޯންޗު ކުރުން އަންނަ ހަފުތާގައި ބާއްވަން ނިންމައިިފ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވަކިވަކި ފަރުދުންގެ އަގު ވަޒަން ކުރުމަށް މަޓާޓޯއިން ދޭ "ޕީޕަލްސް އެޑިޝަން" ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ 10 ފަރާތަކަށް މި އެވޯޑު ލިބިފައިވެ އެވެ. މި އަހަރު އެވޯޑު ދިނުން އޮތީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގަ އެވެ.

މަޓާޓޯ އިން ބުނީ މި އަހަރު ޕީޕަލްސް އެޑިޝަންއަށް ގެނެސްފައިވާ ބަދަލާއެކު، އެވޯޑު ދޭނީ ފަސް ފަރާތަކަށް ކަމަށެވެ. މިގޮތުން އެވޯޑު ލިބޭ މީހުން ކަނޑައަޅާނީ ޓޫރިޒަމް ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ހާއްސަ ޕެނަލްއަކުން ކަމަށެވެ.

މި އަހަރު އެވޯޑު ދިނުން އޮތީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގަ އެވެ. މި އެވޯޑު ބާއްވާ "ވަން އެންޑް އޮންލީ ރީތި" ރަށް ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓެވެ. މި ރިސޯޓަށް 2017 ވަނަ އަހަރު ތިން ދާއިރާއަކުން މަޓާޓޯ ޓްރެވަލް އެވޯޑު ލިބިފައިވެ އެވެ. މި ރިސޯޓަށް ލިބިފައިވަނީ އެންމެ ފުރިހަމަ އާއިލީ ރިސޯޓާއި ފުޑް އެންޑް ބެވަރޭޖަސް އަދި ހިއުމަން ރިސޯސް މެނޭޖުމަންޓް ރިސޯޓުގެ އެވޯޑެވެ.

މަޓާޓޯއިން ދޭ "މޯލްޑިވްސް ޓްރެވަލް" އެވޯޑްސްއަކީ ރާއްޖޭގެ ޓޫރިޒަމްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިހާރު މި އެވޯޑުގައި ގެސްޓްހައުސް ތަކަށް ހާއްސަ ބައެއްވެސް ހިމަނާފައިވެ އެވެ.