ހަބަރު

ލައިލާ، އަންވަރު އިބްރާހިމްއާ ބައްދަލުކުރައްވައިފި

Jun 14, 2018
2

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ، މެލޭޝިއާގެ އިދިކޮޅު އެންމެ ވަރުގަދަ ލީޑަރު އަންވަރު އިބްރާހިމްއާ ބައްދަލުކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ބައްދަލު ކުރައްވާފައިވަނީ ލަންޑަނުގައި އޮތް އިވެންޓެއްގަ އެވެ. ބައްދަލުވުމުގައި ދެ ގައުމުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.

އަންވަރު އިބްރާހިމް، ލައިލާއާ ބައްދަލުކުރައްވާފައިވާއިރު ރައީސް ނަޝީދުގެ ހަޔާތްޕުޅުން އަންވަރު އިބުރަތް ނެންގެވި ކަމަށް ދަރިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. އަންވަރު އިބްރާހިމް ޖަލުން މިނިވަންވެފައިވަނީ އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ނަޖީބު ރައްޒާގު ފޭބި ހިސާބުންނެވެ.

މެލޭޝިއާގައި އަލަށް އިންތިހާބުވެވަޑައިގަތް ބޮޑު ވަޒީރު މަހާތީރުގެ ނައިބަކީ އަންވަރު އިބްރާހިމްގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލެވެ.

މީގެކުރިން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ ވެސް އަންވަރު އިބްރާހިމް ވަނީ ބައްދަލު ކުރައްވާފަ އެވެ.