ވިޔަފާރި

ދިރާގުގެ "އެންމެން ފުޓުބޯޅަ ކެމްޕޭން" ފަށައިފި

Jun 14, 2018
1

ވޯލްޑް ކަޕުގެ ފޯރި ގަދަ ކޮށްލުމަށް ދިރާގުން "އެންމެން ފުޓްބޯޅަ" ގެ ނަމުގައި އަގު ބޮޑު އިނާމުތަކާއެކު ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ބްރިޖް ވިއުއިން ޕްލޭޓް ފޯމް ކައިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެށި މި ކެމްޕޭންގެ ދަށުން، ދިރާގު ޓީވީއަށް ހާއްސަކޮށް ވަނީ 195 ރުފިޔާ އަށް 50 ޖީބީގެ "ޑޭޓާ ބަންޑަލް" އެއް ތައާރަފުކޮށްފަ އެވެ. މި ޑޭޓާ ބަންޑަލް ލިބޭނީ Add (space) Ws ޖެހުމަށް ފަހު 343 އަށް މެސެޖު ކުރުމުންނެވެ.

މި ކެމްޕޭންގެ ދަށުން، މެޗުގެ ސްކޯ ދިމާކޮށްގެން ވެސް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިގޮތުން މި ޕްރޮމޯޝަން "ގްރޭންޑް ޕްރައިޒް" އެއްގެ ގޮތުގައި ލިބެނީ އިނގިރޭސި ޕްރިމިއަ ލީގުގައި އެމީހަކު ސަޕޯޓް ކުރާ ޓީމެއްގެ މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތެވެ. އެހެން އިނާމުތަކުގެ ތެރޭގައި އައިފޯނު އަށެއްގެ ފޯނަކާއި ސެމްސަންގް އެސް ނުވައެއް އަދި ދިރާގު ޓީވީގެ އަހަރު ދުވަހަށް ހިލޭ ވާނެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިޔާވެސް ދިރާގުން ވޯލްޑްކަޕްގެ ފޯރި ހިއްޕާލަން ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން އެންމެ ހާއްސަ އެއް ކަމަކީ ސިންސްޓަގްރާމްގައި ކުރިއަށްގެންދާ ހާއްސަ މުބާރާތެވެ. މި ހާއްސަ އިންސްޓަގްރާމް ކޮންޓެސްޓްގައި ބައިވެރިވުމަށް "# ވޯލްޑްކަޕް މޫވްމެންޓް ޖެހުމަށްފަހު ވޯލްޑްކަޕާ ގުޅުންހުރި ފޮޓީ ލުމުންބ ބައިވެރިވެވޭނެ އެވެ. މިބައިގެ އިނާމަކީ ސޮނީ ކޮންމެ ހަފުތާއަކު ސޮނީ ސްޕޯޓްސްއިން ލިބޭ 5،000ރ ގެ ފިފްޓް ވައުޗަރެކެވެ.

ސޯޝަލް މީޑިޔާގައި ދިރާގު ފޯރިގަދަވާނެ

ސޯޝަލް މީޑިޔާ ވެސް ދިރާގުން ވޯލްޑްކަޕްގެ ފޯރި ހިއްޕާލަން ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން އެންމެ ހާއްސަ އެއް ކަމަކީ ސިންސްޓަގްރާމްގައި ކުރިއަށްގެންދާ ހާއްސަ މުބާރާތެވެ. މި ހާއްސަ އިންސްޓަގްރާމް ކޮންޓެސްޓްގައި ބައިވެރިވުމަށް "# ވޯލްޑްކަޕް މޫވްމެންޓް ޖެހުމަށްފަހު ވޯލްޑްކަޕާ ގުޅުންހުރި ފޮޓީ ލުމުންބ ބައިވެރިވެވޭނެ އެވެ. މިބައިގެ އިނާމަކީ ސޮނީ ކޮންމެ ހަފުތާއަކު ސޮނީ ސްޕޯޓްސްއިން ލިބޭ 5،000ރ ގެ ފިފްޓް ވައުޗަރެކެވެ. މީގެ އިތުރުން ފޭސްބުކް އާއި ޓުވިޓާގައި ވެސް ހާއްސަ ހަރަކާތްތަކެއް ހިންގާނެ އެވެ. ޓުވިޓާގައި ކޮންމެ ރެއެއްގެ 10،00 ގައި ދިރާގުން ހިއްސާކުރާ ފޮޓޯ ދިމާކޮށްގެން ކޮންމެ ހަތަރު ދުވަހުން އެއް ދުވަހު ނަސީބުވެރިއެއް ހޮވައި، "ޕިއްޒާ ބޯނާ" ޕެކެއް ލިބޭނެއެވެ. އަދި ފޭސްބުކްގައި ވެސް ކުރިއަށް ގެންދާ ކެމްޕޭނުގައި ޕިއްޒާ ބޯނާގެ ޕިއްޒާ ޕެކެއް ލިބޭނެ އެވެ.

ދިރާގުން ވަނީ ވޯލްޑްކަޕާ ދިމާކޮށް މެޗުތަށް ބެލުމަށް ހާއްސަ ސަރަހައްދު ތަކަށް "އޮރެންޖް ޓާފް – ބޯލް ކޮންޓްރޯލިން" ގެ ހަރަކާތްތަކެއް ކުރިއަށް ގެންދާން ވެސް ނިންމާފަ އެވެ.