ވޯލްޑް ކަޕް 2018

އީރާނުގެ ޓީމް ހީވަނީ މޮޑެލް ގްރޫޕެއްހެން

Jun 15, 2018

ގިނަ އަންހެން ކުދިން މިހާރު އެންމެ މަރުދޭ ވޯލްޑް ކަޕް ފުޓްބޯޅަ ޓީމަކީ އީރާނުގެ ޓީމެވެ. އިރާނު ޓީމުގައި ތިބި ކުޅުންތެރިންގެ ފޮޓޯތައް މުޅި ޝޯޝަލް މީޑިއާގައި ފެތުރިފައިވާއިރު، ގިނަ ބަޔަކު ބުނަނީ މިއީ ފުޓްބޯޅަށް ޓީމެއް ނޫނެވެ. މިއީ މޮޑެލް ކުރާ ގްރޫޕެކެވެ.

އީރާން ޓީމުގެ ކުޅުންތެރިން ރަޝިއާއަށް ދިޔައީވެސް ވަރަށް ސްޓައިލްގަ އެވެ. ސޫޓު ވައްޓާލައިގެން ވަރަށް ސްމާޓްކޮށެވެ. ރީތި ކަނޑު ނޫ ކުލައިގެ ސޫޓުތަކުގައި އެ މީހުން ތިބިއިރު ކަޅި ވައްޓާނުލާ ބަލަން ތިބި އަންހެން ކުދިންވެސް އެބަ އުޅެ އެވެ.

އީރާނުގެ ޓީމުގައި 23 ކުޅުންތެރިން ތިބިއިރު އޭގެ ތެރޭގައި އެ ގައުމުގެ ގައުމީ ލީގުން ހޮވާލެވުނު ބައެއް ކުޅުންތެރިންނާއި ރަޝިއާގެ ކުޅުންތެރިއެއްގެ އިތުރުން އިނގެރޭސިވިލާތުގެ ކުޅުންތެރިއެއްވެސް ހިމެނެ އެވެ.

މިހާރު ވައިގައި ހިފާފައިވާ މި ސޫޓުތަކުގައި ތިބި ކުޅުންތެރިންގެ ފޮޓޯތަކުން ފެންނަ ކުޅުންތެރިންނަކީ، އީރާނުގެ މެސީގެ ގޮތުގައި މަޝްހޫރުވެފައިވާ ސާޑަރު އަޒުމޫން (ރަޝިއާގެ ކުޅުންތެރިޔާ)، މޮރްތެޒާ ޕޮރާލިގަންޖީ، އަލިރޭޒާ ޖަހަންބަކްޝް، ސައީދު އެޒަތޮލާހި، ރާމިން ރެޒާއިން، ކަރިމް އަންސަރިފާދް އަދި މެހްދީ ތަރޭމީ އެވެ.

އީރާނުގެ ފުރަތަމަ މެޗް އޮންނާނީ މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރުގަ އެވެ. މި މެޗުގައި އީރާނު ވާދަކުރާނީ މޮރޮކޯއާ އެވެ.