ހަބަރު

ޑްރަގް ފެނުނު ބޯޓުގެ ބައިތައް އޮޔާދާތީ ސަމާލުވާން އަންގައިފި

Jun 18, 2018
1

ހއ އިންނަފިނޮޅު ފަރަށް އެރި ބޯޓުގެ ބައިތައް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާއިރު ސަމާލުވާން އެމްއެންޑީއެފުން އަންގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު މަސްބޯޓެއް ހއ އިންނަފިނޮޅު ފަރަށް އަރައި އުޅަނދުގައި އަލިފާން ރޯވެ އުޅަނދުގެ ބައިތައް ވަކިވެ އެތަކެތި އެ ސަރަހައްދުގެ އެކި ހިސާބުތަކަށް އޮޔާ ގެންދަމުންދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާނަމަ އެތަކެއްޗަށް ސަމާލުކަންދީ، ހާއްސަކޮށް ރޭގަނޑު ދަތުރުކުރާނަމަ ހާއްސަ ސަމާލުކަމެއް ދޭން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު އިންނަ ފިނޮޅު ފަރަށް އުރިފައިވަނީ އީރާނުގެ މަސް ބޯޓެކެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ހުއްޓެވެ. އެ ބޯޓު ފަރަށް އަރައިގެން އުޅުނު މަންޒަރު ފެނުނީ އެރޭ އެއަތޮޅުން މަހަށް ނިކުމެ އުޅުނު މަސްވެރިންނަށެވެ. އެއާ އެކު އެކަން ކޯސްޓްގާޑަށް ރިޕޯޓު ކުރި އެވެ. ނަމަވެސް އެމްއެންޑީއެފް ރެސްކިއު ޓީމެއް ބޯޓާއި ދިމާލަށް ދިއުމުން އޭގައި ރޯކޮށްލުމަށްފަހު ފަޅުވެރިން ވަނީ ބޯޓުން ފުންމާލައިފަ އެވެ