ކުޅިވަރު

އިންގްލެންޑާ ދެކޮޅަށް ޓިއުނީޝިއާ ގަދަ ހިތްވަރެއްގައި

އިންގެލްންޑާ ދެކޮޅަށް ޓިއުނީޝިއާ ކުޅުންތެރިން ނިކުންނަނީ ވަރުގަދަ ހިތްވަރަކާއެކު ކަމަށް ޓިއުނީޝިއާގެ ކޯޗް ނަބީލް އަލް މާލޫލް ބުނެފި އެވެ.

ގުރޫޕް "ޖީ" ގެ ފޭވަރިޓެއްގެ ގޮތުގައި، ގިނަ ބަޔަކު ބަލަނީ އިންގެލްންޑާއި ބެލްޖިއަމް އެވެ. ޓިއުނީޝިއާގެ ކޯޗް މާލޫލް ބުނީ، ގުރޫޕް "ޖީ" އަކީ އެންމެ އުންދަގޫ ގުރޫޕް ކަމަށާއި ނަމަވެސް އޭނާ ޓީމު ނިކުންނަނީ ވަރުގަދަ ހިތްވަރަކާ އެކު ކަމަށެވެ.

''އަހަރެމެން ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި، އަހަރެމެންނަށް އެނގޭ މި ގުރޫޕަކީ ވަރަށް އުނދަގޫ ގުރޫޕެއްކަން، ނަމަވެސް އަހަރެމެންގެ މެޗުތަކުގައި އަހަރެމެންގެ ފެންވަރު މަތި ކުރަން އަހަރެމެންގެ ކުޅުންތެރިންގެ ފިޒިކަލް ހުނަރު ބޭނުންކޮށްގެން،" މާލޫލް ބުންޏެވެ.

"އެންމެންނަށް ވެސް ފެންނާނެ މުބާރާތަށް ތައްޔާރު ވުމަށް އަހަރެމެން ކުޅުނު މެޗުތައް، ތާރީހް ބަދަލު ކުރަން އަހަރެމެން މިތިބީ ވަރަށް ބޮޑަށް ކެތް މަދުވެފައި."

އިނގިރޭސިން މީގެ ކުރިން ވޯލްޑްކަޕަށް އަންނަނީ، ވޯލްޑްކަޕުގެ ތަޖުރިބާ ހުރި ކޯޗަކާއެކު އެވެ. ނަމަވެސް މިހާރުގެ ކޯޗް ގެރެތު ސައުތުގޭޓްގެ ކިބައިގައި އެކަހަލަ އެއްވެސް ތަޖުރިބާއެއް ނެތެވެ.

ނަމަވެސް އިނގިރޭސި މީޑިއާތަކުން ބުނަނީ، ސައުތުގޭޓް ވޯލްޑްކަޕަށް އާ ވިޔަސް ތަޖުރިބާ ހުރި ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ ކޮލިޓީ އޭނާގެ ކިބައިން ފެނިގެންދާ ކަމަށެވެ.

އޭނާ މަސައްކަތް ކުރަމުން ދަނީ، އިނިގިރޭސި ޓީމަށް ހާއްސަ ސްޓައިލެއްގެ ގޭމް ޕްލޭނަކަށް އެޓީމު ފައްތާލުމަށެވެ.

"އަހަރެމެން މަސައްކަތް ކުރަމުން މިދަނީ، އަހަރެމެންނަށް އެންމެ އެކަށޭނެ ގޭމް ޕްލޭނަކަށް ފައްތާލުމަށް ފަހު އެ ސްޓައިލަކަށް އަހަރެމެންނަށް އާދަ ކުރެވޭނެ ސިސްޓަމެއް އިނގިރޭސި ޓީމުގައި ތާރަފު ކުރުމަށް، ސައުތު ގޭޓް ބުންޏެވެ.

"އިންގްލެންޑްގެ އެންމެންވެސް ބޭނުންވަނީ އަހަރެމެން މޮޅުވުމާއެކު ރީތި ފުޓްބޯޅަ އެއް ކުޅޭ މަންޒަރު ބަލަން، އެއީ ކޯޗެއްގެ ހައްސިއްޔަތުން އަހަރެންވެސް ބޭނުންވާ ކަމަކީ."

އިންގްލެންޑާ ޓިއުނީޝިއާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:00 ގަ އެވެ.