ކުޅިވަރު

ކޮރެއާ ޓީމަށް ސްވިޑެންއިން ޖާސޫސްކުރިކަން ފަޅާއަރައިފި

ވޯލްޑްކަޕުގެ ގުރޫޕް "އެފް" ގައި ސްވިޑެން އާ ދެކޮޅަށް ނިކުންނަ ދެކުނު ކޮރެއާގެ ޓީމުގެ ޕްރެކްޓިސް ބަލަން ސްވިޑެންއިން "ޖާސޫން" ފޮނުވިކަން ފަޅާ އަރައިފި އެވެ.

ކޮރެއާ ދެކޮޅަށް ނިކުތުމުގެ ކުރިން، މީޑިއާގައި ވާހަކަ ދައްކަމުން، ސްވިޑެންގެ ކޯޗް ޔާނޭ އެންޑަސަން ވަނީ، އޮސްޓްރިއާގައި ދެކުނު ކޮރެއާ އިން ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕަށް، ސްވިޑެންގެ ސްކައުޓުން ޖާސްސް ކުރަން ފޮނުވި ކަމަށް އެއްބަސް ވެފަ އެވެ.

އޮސްޓްރިއާގައި ކުރިއަށް ގެންދިޔަ، ޓްރެއިނިން ކޭމްޕް ސްކައުޓް ކުރަން، ސްވިޑެންއިން ސްކައުޓުން ފޮނުވިކަން، ދެކުނު ކޮރެއާގެ ކޯޗް ޝިން ޓޭ ޔަންގްއަށް ވެސް އޮތީ އެނގިފަ އެވެ.

ސްވިޑެންއިން ފޮނުވި ސްކައުޓް ޓީމަށް އޮލުވާލުމަށް ޝިން ބޭނުން ކުރީ އެހެން އުކުޅެކެވެ. އޭނާ ކުޅުންތެރިންނަަށް އެނގީ ކުޅުންތެރިންގެ ޖޯޒީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ބަދަލު ކުރުމަށެވެ.

"ހުރިހާ ކުޅުންތެރިން ޕްރެކްޓިސް ކުރަމުން ދިޔައީ ނަންބަރު ޖެހި ޖޯޒީ ލައިގެން، އެހެންވެ ސްވިޑެންއިން ސިއްރުން ޕްރެކްޓިސް ބަލާކަން އެނގިގެން އަހަރެން ކުޅުންތެރިންނަށް އެންގީ ކުޅުންތެރިންގެ ޖޯޒީ އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ބަދަލު ކުރަން،" މެޗުގެ ކުރިން މީޑިއާ އާވާހަކަ ދައްކަމުން ޝިން ބުންޏެވެ.

"ހުޅަނގުގެ މީހުންނަށް ވަރަށް އުނދަގޫ ވާނެ އަހަރެމެން އޭޝިއާ މީހުން ވަކިވަކިން ފާހަގަކޮށް ދެނެގަންނަން."